English Edition
Dhivehi Edition

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމެރިކާ އަަށް ފުރާވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނީ އެމަނިކުފާނުގެ މި ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.

މިއީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ކްލައިމެޓް ވަލްނަރަބަލް ފޯރަމްއާއި ގުޅިގެން ބާއްވާ ވަލްނަރަބަލް 20 (ވީ 20) ގެ މާލީ ވަޒީރުންގެ 10 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވެސް މަޖިލިސް އިދާރާ އިން ބުނެއެވެ. އަދި އެ ބައްދަލުވުން ކުރިޔަށްދާނީ މިމަހުގެ 12 އިން ފެށިގެން 17 އާއި ހަމައަށް ކަމަށް ވެސް ބުނެއެވެ.

މިފަހަރު އެ ބައްދަލުވުމުގެ ޝިއާރަކީ “ޕްރޮމް އަކްރާ ޓު މަރަކެޝް: އެޑްވޮކޭޓިންގ ފިޓް-ފޯރ-ކްލައިމެޓް ފައިނޭންޝަލް އާކިޓެކްޗަރ އެންޑް ޑިވެލޮޕްމެންޓް-ޕޮޒިޓިވް ކްލައިމެޓް އެކްޝަން” އެވެ.

އެ ބައްދަލުވުމުގައި ވަލްނަރަބަލް ޓްވެންޓީ (ވީ 20) ގްރޫޕްގެ ރިޔާސަތު ބަލަހައްޓަވާ ގާނާގެ މިނިސްޓަރ ފޮރ ފިނޭންސް އެންޑް އިކޮނޮމިކް ޕްލޭނިންގ އެޗް.އީ ކެނެތް އޮފޯރީ އަޓާ ވަނީ ހާއްސަ ދައުވަތުގެ ސިޓީފުޅެއް ރައީސް ނަޝީދަށް ފޮނުއްވާފަ އެވެ.

އެހެންކަމުން އެ ދަތުރުފުޅުގައި ރައީސް ވަނީ އައިއެމްއެފް އާއި ވާރލްޑް ބޭންކް އަދި ސީވީއެފް ގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފަ އެވެ.