English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ 22 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ ޑޭޓް ހަނީ މިލްކްޝޭކް ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާތަކެތި: 2 ތަށްޓަށް

10ކަދުރު

200މލ ކިރު ހޫނުކޮށްފައި ހުރި

2-3 މެޒުމަތީ ސަމުސާ މާމުއި

ތައްޔާރުކުރާނެގޮތް:

ކަދުރުން އޮށް ނަގާފައި ކުދިކޮށް ކޮށާލާށެވެ. 10މލ ހޫނުފެނަށް ކޮށާފައި ހުރި ކަދުރު އަޅާފައި 30މިނެޓް ވަންދެން ބަހައްޓާށެވެ. ދެން 30 މިނެޓް ހަމަވުމުން ބްލެންޑަރަށް ކަދުރާއި މާމުއި އަޅާފައި ބްލެންޑް ކުރާށެވެ. އެއަށްފަހު 200މލ ކިރު އަޅާފައި އަނެއްކާ ބްލެންޑް ކުރާށެވެ.

ބޭނުން ނަމަ އައިސްކިއުބް އަޅާފައި ސާރވް ކުރާށެވެ.