English Edition
Dhivehi Edition

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލުކޮށް އަލުން ބާއްވައިދިނުމަށް އެދި ކޯޓަށް ހުށަހެޅި މައްސަލައަކީ ސިވިލް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައި އެމައްސަލަ ކޯޓުން ބޭރުކޮށްލައިފި އެވެ.

މައްސަލަ ބައްލަވާ ގާޒީ އައިޝަތު އަޒްފާ އަބްދުލްޣަފޫރު ހުކުމުގައި ވިދާޅުވީ އަމްޖަދަކީ ޕާޓީގެ މެންބަރެއް ނޫން ކަމަށް އެމްޑީޕީން ބުނި ނަމަވެސް އޭނާ ޕާޓީން ވަކިކުރީ ދައުވާ ކުރިތާ ހަފުތާއެއް ފަހުން ކަމަށް ބުނާ ބުނުމަކީ އިލެކްޝަންސް ކޮމިޝަންގެ އިދާރީ އޮޅުމެއްކަން އެނގެން އޮންނަކަން ހުށަހެޅި ކަންކަމުން އެނގެން އެބަ އޮތް ކަމަށެވެ

އަދި ހަމަ އެހެންމެ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި އަލީ އަމްޖަދުގެ ނަން އޮތަސް، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފްތަރުގައި އޭނާގެ ނަން އޮތީ ޖުމްހޫރީ ޕާޓީގައި ކަމަށާއި، އޭނާ އެމްޑީޕީން ވަކިކުރީ މައްސަލަ ކޯޓަށް ހުށަހެޅި ފަހުން ކަމަށް ބުނާ ބުނުމަކީ އިދާރީ އޮޅުމެއް ކަން ވެސް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތް ކަމަށް ހުކުމުގައިވެ އެވެ.

އެހެންކަމުން މައްސަލަ ހުށަހެޅި ފަރާތަކީ އެމްޑީޕީގެ މައްޗަށް އެ ދައުވާ ކުރުމުގެ ގާނޫނީ ހައިސިއްޔަތު ލިބިދޭ މީހެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.

އަމްޖަދު ދައުވާކުރުމުން އެމްޑީޕީން ވަނީ އޭނާ އަކީ ޕާޓީގެ މެންބަރަކަށް ނުވާތީ ދައުވާ ނުކުރެވޭނެކަން ސާބިތުކޮށްދޭން އިލެކްޝަންސްގެ ސިޓީއެއް ހުށަހަޅައިފަ އެވެ. އެއީ އަމްޖަދު އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އޮތީ އެ ކޮމިޝަންގެ އިދާރީ އޮޅުމަކުން ކަމަށް ބުނެ ފޮނުވި ސިޓީއެކެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބުކުރެއްވީ ވޯޓުލީ މީހުންގެ 61 އިންސައްތައިންނެވެ. ދެން އެ އިންތިހާބުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 39 އިންސައްތަ އެވެ.

އެހެންނަމަވެސް ނަޝީދުގެ ފެކްޝަނުން ބުނަމުން ދަނީ މެންބަރުންގެ ދަފްތަރު ގަޑުބަޑުކޮށް، ނަޝީދަށް ތާއީދުކުރާ އެތައް ހާސް ބަޔަކު ޕާޓީން ވަކިކޮށްފައި ވާތީ ޕްރައިމަރީ ސައްހަ ނުވާނެ ކަމަށެވެ. މިއަދު ކޯޓުން ބޭރުކޮށްލީ އެކަމާ ގުޅުވައިގެން ކުރި ދައުވާއެކެވެ.

 

ޓެގު