English Edition
Dhivehi Edition
މީގެ ކުރިން ސިނަމާލެ ބްރިޖު މަތީގައި ހިނގި އެކްސިޑެންޓެއް - ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

ސިނަމާލޭ ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި 3 މީހަކަށް އަނިޔާ ވެގެން ފަރުވާދޭން ފަށައިފިއެވެ. އަނިޔާވެފައިވަނީ 47 އަހަރުގެ މީހަކާއި 43 އަހަރުގެ މީހަކާއި 31 އަހަރުގެ މީހަކަށް ކަމަށް ފުލުހުން ބުނެއެވެ.

މި ތިން މީހުންގެ ތެރެއިން 43 އަހަރުގެ މީހާއަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާ ދެމުންނެވެ. އަނެއް ދެމީހުންނަށް ފަރުވާ ދެމުން ގެންދަނީ ސެނަހިޔާ ހޮސްޕިޓަލުގައެވެ. އެމީހުންނަށް ލިބިފައިވާ އަނިޔާގެ އެއްވެސް ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

ފުލުހުން ބުނީ ރޭ ހިނގި މި އެކްސިޑެންޓުގެ މައުލޫމާތު ލިބިފައިވަނީ ރޭ 11:33 އެހައިކަންހާއިރު ކަމަށާއި އެކްސިޑެންޓު ހިނގީ ހުޅުމާލޭ ކޮޅުން މާލެ ދިޔަ މީހަކު ބްރިޖު މާލޭ ލައިޓަށް ސައިކަލުގައި މަޑުކޮށްގެން އިންދައި ފަހަތުން އައިސް ސައިކަލެއް އޭގައި ޖެހިގެން ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަވަނީ ތަޙުގީގު ކުރައްވަމުންނެވެ.