English Edition
Dhivehi Edition
އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. އެގޮތުން މި އަދު މިގެނެސްދެނީ ރޯދަ ވީއްލުމަށް ގިނަ ދިވެހިންނަަށް ވަރަށް ކަމުދާ އެއްޗެއް ކަމަށްވާ ރިހަފޮޅި ތައްޔާރުކޮށްލާނެ ގޮތެވެ.
ބޭނުންވާތަކެތި
1 މަސް ދަޅު
2 ފިޔާ ވަރަށް ހިމުން ކޮށް ކޮށާފައި ހުރި
1 ފަޅިގިތެޔޮ މިރުސް ( ހިމުންކޮށް ކޮށާފައި)
2 ސައިސަމުސާ ބައި ލޮނުމެދު ( ގާނާފައިހުރި)
6 މޭޒުމަތީސަމުސާ ފުނޑާފައި ހުރި ދިވެހި ހަވާދު
3/1 ސައި ސަމުސާ މުގުރި އަސޭމިރުސް
2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
3 ހިކަނދިފަތް
1/2 ޖޯޑު ކާށިބޯކިރު
3/1 ސައި ސަމުސާ ރީނދޫ
1 ޗިކަން ކިއުބް
ލޮނުކޮޅެއް
( ފުށްގަނޑަށް)
2 ޖޯޑު ފުށް
1 ބިސް
ކުޑަލޮނުކޮޅެއް
ކުލަހިފާވަރަށް ރީނދޫކޮޅެއް
ތައްޔާރުކުރާނެގޮތް
ފެން ބިސް އަދި ކުޑަކުޑަ ލޮނުކޮޅަކާއި ކުލަ ހިފާވަރަށް ރީނދޫ ކޮޅެއް ލާފައި ފުށްގަނޑު އޮލަކޮށް ގިރާލާށެވެ.
( ސަމުސަލުން ތަވާޔަށް އަޅާލެވޭވަރަށް)
އެހެން ތެއްޔެއް އުނދުންމައްޗަށް އުދާލާފައި ކުޑަތެޔޮ ފޮދެއް އަޅާލާށެވެ.
ހޫނުވީމާ ފިޔާ ކޮޅާއި ހިކަނދިފަތް މިރުސް އެއްކޮށް އަޅާލުމަށްފަހު ފިޔާކޮޅު މޯޅިވީމާ މަސްގަނޑަށް ބޭނުންވާހުރިހާބާވަތްތައް އެއްކޮށް އަޅާލާފައި ކެކި ރޯފިލާ ރަނގަޅަށް ހަނާވުމުން ބޯކިރު ފޮދު އަޅާލާފައި ކެކި ގަތުމުން އުނދުންމަތިން ބާލާށެވެ.
ދެން ތަވާއުނދުންމައްޗަށް އުދާލާފައި ހޫނުވީމާ ކުޑަ ތެޔޮ ފޮދެއް ތަވާގައި ހާކާފައި ތުނިކޮށް ކުދިކޮށް ފޮޅި އަޅާށެވެ.
އެއްފަރާތް ފިހެވުނީމާ މަސްކޮޅެއް އަޅާފައި އޮޅާލާށެވެ.
ފުށާއި މަސްހުސްވަންދެން ފޮޅިފިހެފައި މަސްލާފައި އޮޅަމުން ދާށެވެ.
ރިހަ ފޮޅިވެސް 4-5 ގޮތަކަށް ތައްޔާރު ކުރެއެވެ.