English Edition
Dhivehi Edition

ރާއްޖޭގެ ދެކުނުގެ ބައެއް ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ރާއްޖޭގެ މޫސުމާބެހޭ އިދާރާއިން ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު ދިހައަކުން މާދަމާ ހެނދުނު ދިހައަކަށް ރާއްހޭގެ މޫސުން ލަފާކުރައްވާ ގޮތާބެހޭ ގޮތުން އެތަނުން ވިދާޅުވީ “ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެ, އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ،” ކަމަށެވެ. ދެކުނުގެ ބައެއް ހިސާބުތަކަށް މޫސުން ގޯސްވިޔަސް އާންމު ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާބެހޭ އޮފީހުން ވިދާޅުވިއެވެ.

ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށްވެސް އެ އޮފީހުން ވިދާޅުވިއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އޮފީހުން ވިދާޅުވިއެވެ. ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް މޫސުމާބެހޭ އޮފީހުން ލަފާކުރައްވައެވެ.

މިއަދު ހެނދުނުން ފެށިގެން އައްޑޫސިޓީއަށްދަނީ ވިއްސާރަ ކުރަމުންނެވެ. އަދި ވާރޭ ވެހުމުގެ ސަބަބުން ބައެއް އަވަށްތަކުގެ މަގުތައްވަނީ ފެންބޮޑުވެއެވެ.

ޓެގު