English Edition
Dhivehi Edition

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެއްވެސް މީހެއްގެ ފަހަތަށް އަރައި މަސައްކަތް ނުކުރާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އަދި މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އޭނާ މިފަދައިން ވިދާޅުވީ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމާ، އެ ޕާޓީއާއެކު ކޯލިޝަން ހެދުމަށް ދައުވަތު ދިނުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގަ އެވެ.

އެހެންނަމަވެސް ރަސްމީކޮށް ގާސިމްގެ ދައުވަތު އަދި ލިބިފައިނުވާކަމަށާއި ނަމަވެސް އެ ފަދަ ދައުވަތެއް އައިސްފިނަމަވެސް އޭނާ ދޭނެ ޖަވާބު ވަރަށް ސާފު ކަމަށެވެ.

އުމަރު ވިދާޅުވީ ޖުމްހުރީ ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމާއެކު ކޯލިޝަން ހެދުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އެންމެފުރަތަމަ އިއުލާން ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ އުމަރު ނަސީރު ގެންދަވަނީ އިންތިޚާބަށް ދުރާލައި ތައްޔާރުވަމުން ނެވެ.

އެގޮތުން އޭނާގެ ސިޔާސަތުތަކާއި، ތަންފީޒު ކުރާނެ ކަންކަން ވެސް ގެންދަވަނީ ހާމަ ކުރަައްވަމުން ނެވެ.

އުމަރު ވިދާޅުވީ އެހެން ބޭފުޅުން އޭނާއާއެކު މަސައްކަތް ކުރައްވަން ބޭނުންވާނަމަ އެކަމަށް އޭނާ މަރުހަބާ ކިޔާނެ ކަމަށާއި ހާލަތު ބަދަލުވެ ފަހުން އެހެން ގޮތަކަށް ކަންކަން ބަދަލުވި ނަމަވެސް އޭނާ މަސައްކަތް ކުރާނީ އިންތިޚާބު ކާމިޔާބު ކުރުމަށް ކަމަށެވެ.