English Edition
Dhivehi Edition

ކުދިންނާ ހަމައަށް ތައުލީމް ފޯރުކޮށްދެވޭ ކަމަށްވާނަމަ އާދަޔާ ޚިލާފް މޮޅެތި ކުދިން ފެންނާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ޓީޗަރުންނަށް ޚާއްސަ އީލާނިން ޕްލެޓްފޯމް ތައާރަފް ކުރުމަށް ސްޓެލްކޯގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އީލަރނިންގ ތައުލީމްގައި “އަޑޭސިޓީ” އަކީ އެންމެ ކުރިއަރާފައިވާ އެއް ފަރާތް ކަމަށެވެ.

އެތަނަކީ ހިލޭ ތައުލީމް ފޯރުކޮށްދޭ މިކުންފުންޏެއް ކަމަށްވެސް ވިދާޅުވިއެވެ. އެކުންފުނީގެ “ސެބަސްޓިއަން ތުރޫން ވިދާޅުވި ގޮތުގައި އޭނާ ސްޓެމްފަޑް ޔުނިވާރސިޓީގައި ހިންގަވާ ކޯސް އީލާނިންގެ ކޯހެއްގެ ގޮތަށް ހުށަހެޅުއްވި ދުވަހަކީ އީލަރިނިންގެ މުހިންމު ކަން ހާމަވެގެން ދިޔަ ދުވަސް. ސްޓެމްފާޑް ޔުނިވަރސިޓީ ކޯހުގައި ތިބި 200 ކުދިން އަދި އޮންލައިން 160000 ކުދިން ތިބި އަދި ކޯސް ނިމިގެން ބައިވެރިވި ހުރިހާ ކުދިންގެ ފެންވަރު ސްޓެމްފަޑް ގެ ކުދިންގެ ތެރެއިން އެންމެ މޮޅު ކުއްޖާ އަކީ 413 ކޯހުގައި ބައިވެރިވި ދަރިވަރު. މީގެން މި ދޭހަ ކޮށްދެނީ ކުދިންނާއި ހަމައަށް ތައުލީމް ފޯރުކޮށްދެވޭނަމަ، އާދަޔާ ހިލާފް މޮޅުކުދިން ތިބިކަން،” މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ސަރުކާރުން މިހާރު ގެންދަވަނީ ރާއްޖޭގެ ތައުލީމީ ނިޒާމަށް ވަރަށްހެޔޮ ބަދަލުތައް ގެންނަވަމުން ކަމަށެވެ. އޭގެ ނަތީޖާވެސް ރަނގަޅު ކަމަށް މިނިސް ވިދާޅުވިއެވެ. އެގެންނަވަމން ގެންދަވާ ހެޔޮބަލުތަކުގެ ތެރެއިން އީލާނިން ތައާރަފް ކުރުމަކީވެސް އެއްކަމެކެވެ. އެއީ ރަށްރަށުގައި ތިބެގެން ޓީޗަރުންނަށް މަތީތައުލީމަށް ކިޔެވުމުގެ ފުރުސަތު ހޯއްދަވައި ދެއްވުމަށް ގާއިމްކުރެއްވި ޕްލެޓް ފޯކެމެކެވެ.