English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން މިއަދު މިގެނެސްދެނީ ބާނާނާ އެންޑް ކޮކޮނަޓް މިލްކްޕޭންކޭކް ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާތަކެތި
1 ޖޯޑުބައި ފުށް
3 ބިސް
2 މޭޒުމާތީސަމުސާ ބަޓަރ
1 ސައިސަމުސާ ބޭކިންގ ޕައުޑަރ
1 ޖޯޑު ދޮންކެޔޮ ގޮށް ނުހުންނަ ވަރަށް ޗަސްކޮށްފައި
1 ޖޯޑު ހަކުރު
3 ޖޯޑު ބައި ކާށި ބޯކކިރު
2 ސައިސަމުސާ ވެނީލާ އެސެންސް
ތައްޔާރުކުރާނެގޮތް
ދޮންކެޔޮ ، ބޭކިންގ ޕައުޑަރ ،އަދި ފުށްކޮޅު އެއްކޮށް މޮޑެފައި ބިސްވެސް އެއްކޮށްލާށެވެ.
އެސެންސްވެސް އެއްކޮށްލާށެވެ. ކިރު ވެސް އެއްކޮށްފައި ފޮޅި ތަވާޔަށް އަޅާލެވޭ ވަރަށް އޮލަމިން ބަހައްޓާށެވެ.
ތަވާ ދޮންކޮށްގެން ފޮޅިއަޅާށެވެ.
އެހެން ތަވައެއް އުނދުން މައްޗަށް އުދާލާށެވެ. ހަކުރުކޮޅު އަޅާލާށެވެ.
ދޭފަތުން ހަލަމުން ހިތިރަހަނުދޭވަރަށް ބްރައުންކޮށްލާށެވެ.
ދެން ހޫނުކަން ހުއްޓާ ފޮޅިތަކުގެ މައްޗަށް ތައްޔާރުކުރި ހަކުރު ( ސިރަޕް އަޅާފައި ސާރވް ކުރާށެވެ.