English Edition
Dhivehi Edition
ފޮޓޯ: އެމްއެންޑީއެފް

ރާއްޖެ އާއި ޖަޕާނުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ޖަޕާނު ސިފައިންގެ ކަނޑުގެ ދެ މަނަވަރެއް ރާއްޖެ އަތުވެއްޖެއެވެ،

މިއަދު ރާއްޖެ އައިސްފައި ވަނީ ޖަޕާން މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ މަނަވަރު ‘ޖޭއެސް އަވަޖި’ އަދި ‘ޖޭއެސް އުރަގަ’އެވެ. އެމްއެންޑީއެފް އިން ނެރުނު ބަޔާނެއްގައި ބުނީ މި ދެ މަނަވަރު ތިން ދުވަހުގެ މުއްދަތަކަށް ރާއްޖޭގައި މަޑުކުރާނެކަމަށެވެ.

މި ދެ މަނަވަރަށް މާލެ ބަނދަރުން މިއަދު މަރުހަބާ ކިޔާފައިވާއިރު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރު، ލެފްޓިނެންޓް ކާނަލް މުހައްމަދު ރިޒްމީ ވަލީދު ވަނީ މި ދެ މަނަވަރަށް ޒިޔާރަތްކުރައްވައި މަނަވަރުގެ އިސް ވެރިންނާ ބައްދަލުކުރައްވާފައެވެ، މި ބައްދަލުކުރެއްވުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސްޓާފް އޮފިސަރުންވެސް ވަނީ ބައިވެރިވެލައްވާފައެވެ.

މީގެ އިތުރުން މި ޒިޔާރަތުގައި އެމްއެންޑީއެފްގެ ވެރިންނާ އެކު ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށްވަނީ ނިންމާފައެވެ.