English Edition
Dhivehi Edition

ރައީސް ސާލިހަށް ތާއީދުކުރަން ނިންމީ މަގާމުގެ ބޭނުމުގައި ނޫން ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިވާން ނިންމާފައިވާ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހަށް ތާއީދުކުރަން ނިންމެވީ ޕާޓީގެ ލީޑަރޝިޕާ މައްސަލައެއް ޖެހިގެން ވެސް ނޫން ކަމަށާއި ރައީސް ސާލިހުގެ ސިޔާސަތުތަކަށް ތާއިދު ކުރެއްވޭތީ ކަމަށެވެ.

ވަލީދާ ވިދާޅުވީ ޖޭޕީން ވަކިވުމަށް އެދި، ސިޓީ ވަރަަށް އަވަހަށް ފޮނުވާނެ ކަމަށާއި އެ ޕާޓީގައި އޭނާ ހިމެނޭ ވައިބަރ ގްރޫޕުތަކުން ވެސް އަމިއްލައަށް ނުކުމެފައިވާ ކަމަށެވެ.

ކުރީގެ ފިލްމީ ތަރި ވަލީދާ ޖޭޕީން ވަކިވާން ނިންމާފައިވާއިރު، ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވަކިން ވާދަކުރުމަށް ނިންމައި ވަނީ ކެމްޕޭންވެސް ފަށާފަ އެވެ.

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓެއްގެ ގޮތުގައި ޤާސިމް އިބްރާހިމް ކުރިމަތިލައްވައި ރިޔާސީ ރޭހަށް މިހާރުވަނީ ނުކުންނަވާފަ އެވެ.

3 ކޮމެންޓް
ސުން
މާޗް 31, 2023
ދެން ކޯއްޗެއްގެ ބޭނުމުގަ.ބޯގޯސް.
Njuma
މާޗް 31, 2023
mihaa dhuvass vee iru keeve badhalu nuve huree
ޖާބެ
މާޗް 31, 2023
ހައްހައް ސިކުޑީގަ ތެއްކަމެއްނެތީމަ