English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ 7 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ އޮރެންޖް ސްވީޓް ލައިމް ޖޫސް ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާތަކެތި: 2 ތަށްޓަށް

4 އޯރެންޖް

4 ފޮނި ލުނބޯ (ބޮޑު ލުނބޯ) ބޮޑު ލުނބޯ ނެތްނަމަ އާދައިގެ ލުނބޯ ވެސް ބޭނުން ކުރެވިދާނެ

1/2 ޓސ. ލޮނު

1 ޓސ. ހަކުރު (ރަހަލާވަރަށް)

އައިސްކިއުބް

ތައްޔާރުކުރާނެގޮތް:

ލުނބޯ އަދި އޮރެންޖުގެ ޖޫސް ރަނގަޅަށް ފެލާލާފައި ޖަގަށް އަޅާލާށެވެ. ލޮނު އަދި ހަކުރު ބޭނުންނަމަ ކުޑަ ފެންފޮދެއް އަޅާފައި ސަމުސަލަކުން ގިރާލާށެވެ. ބިއްލޫރި ތަށި ނަގާފައި ތައްޔާރު ކުރި ޖޫސް އަޅާލުމަށްފަހު މައްޗަށް އައިސް ކިއުބް އަޅާފައި ސާރވް ކުރާށެވެ.