English Edition
Dhivehi Edition

އުރީދޫ މޯލްޑިވްސް އިން ބާއްވާ މަޖާ ބަމްޕަރ ފުޓްބޯޅަ މުބާރާތްކަމަށްވާ ” އުރީދޫ ބޮކި ބޯޅަ” މުބާރާތަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރަމަޟާން މަހަށް ހާއްސަކޮށްގެން އުރީދޫ މޯލްޑިވްސް އިން ބާއްވާ މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 1 އޭޕްރިލް 2023 ވާ ހޮނިހިރު ދުވަހުގެ 23.59 ގެ ކުރިން ރެޖިސްޓްރޭޝަން ފުރިހަމަ ކުރަންޖެހެއެވެ.

ދުނިޔޭގެއެންމެ މަގުބޫލު ކުޅިވަރު ކަމަށްވާ ފުޓުބޯޅައަށް ، ތަފާތު އަދި މަޖާ ބަދަލުތަކެއް ގެނެސްގެން ކުޅޭ މި ބަމްޕަރ ފުޓްބޯޅަ މުބާރާތް، އިންތިޒާމްކޮށްފައިވަނީ އުރީދޫ ގެ ބްރޭންޑް އެމްބަސަޑަރ ކަމަށްވާ މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަން ކްލަބާއި އެކުގަ އެވެ.

​​ބަމްޕަރ ފުޓުބޯޅައިގެ މަޖާ ތަޖުރިބާކުރުމުގެ ފުރުޞަތު ހޯދުމަށް ބޭނުންވާ ކޯޕަރޭޓްތަކަށް މިހާރު އުރީދޫގެ ޕޯޓަލް މެދުވެރިކޮށް މިލިންކުން http://ore.do/bokiboalha ރަޖިސްޓަރ ވެވޭނެއެވެ.

މި މުބާރާތް ބޭއްވުމަށްހަމަޖެހިފައިވަނީ 2023 އޭޕްރީލް 6،7،8 މި 3 ދުވަހުއެވެ.

​​މުބާރާތުން މޮޅުވާ ޓީމްތަކަށް ޚާއްސަ އަގުހުރި އިނާމުތަކެއް ވަނީ ކަނޑައެޅިފައެވެ. އެގޮތުން އެއްވަނަ އަށް ދާ ޓީމަކަށް 20،000 ރުފިޔާ، ދެ ވަނަ އަށް ދާޓީމަށް 10،000 ރުފިޔާ އަދި ތިން ވަނަ އަށް ދާ ޓީމަށް އިނާމެއްގެ ގޮތުގައި 5،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

​​މިމުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ބައިވެރިވާ ޓީމްތައް ހަތަރު ގްރޫޕަކަށް ބަހާލުމަށްފަހު ކޮންމެގްރޫޕަކުން ވެސް އެއްވަނަ ހޯދާ ޓީމެއް ސެމީ ފައިނަލަށް ދަތުރުކޮށް މުބާރާތުގެޗެމްޕިއަންކަން ހޯދާ ގޮތަށެވެ.12 ޓީމަށް ވުރެ ގިނަ ޓީމު ރަޖިސްޓްރީކޮށްފިނަމަ ޓީމުތައް ހޮވާނީ ލަކީ ޑްރޯއަކުންނެވެ. މުބާރާތުގެ ގަވާއިދު ބުނާގޮތުން ކޮންމެ ޓީމެއްގައި 8 ކުޅުންތެރިންނާއި ގިނަވެގެން 3 އޮފިޝަލުން ތިބެންޖެހެއެވެ. އަދި މެޗެއް ފަށަން މަދުވެގެން ފަސް ކުޅުންތެރިންބޭނުންވެ އެވެ.

​​މުބާރާތުގެ ކޮންމެ މެޗެއް ވެސް 10 މިނެޓަށް ކުޅޭނެއެވެ. އެއަށްފަހު ތިންމިނެޓުގެ ބްރޭކަކާއެކު އިތުރު އެއް ހާފް ކުޅޭނެއެވެ. ގްރޫޕް ސްޓޭޖުގެ މެޗަކުން މޮޅުވެއްޖެނަމަތިން ޕޮއިންޓް، އަދި އެއްވަރުވުމުން އެއް ޕޮއިންޓް ލިބޭނެ އެވެ. ނޮކްއައުޓް ސްޓޭޖުގައި ދެޓީމެއް އެއްވަރުވެއްޖެ ނަމަ ޕެނަލްޓީ ޝޫޓްއައުޓް އޮންނާނެ އެވެ.

​​ވޭތުވެދިޔަ އަހަރުތަކުގައި އުރީދޫން ވަނީ ރަމަޟާން މަހު އެންމެ ގިނަބަޔަކު އިންތިޒާރު ކުރާ އެއް އިވެންޓް ކަމަށްވާ އުރީދޫ މަސްރޭސް ބާއްވާފައެވެ. އެހެންނަމަވެސް ކަސްޓަމަރުންނާއި ބައިވެރިންގެ އަގުހުރި ފީޑްބެކްގެ މައްޗަށް ބިނާކޮށްމަސްރޭސް މިއަހަރުގެ ރަމަޟާން މަހަށްފަހު ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. އުރީދޫމޯލްޑިވްސްގެ ރަސްމީ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް މަސްރޭހުގެ އާ ތާރީޚު ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް އުރީދޫއިން މަޢުލޫމާތު ދެއްވައެވެ.

​​އުރީދޫ މޯލްޑިވްސް އަދި މާޒިޔާއިން ބާއްވާ އުރީދޫ ބޮކި ބޯޅަ އަކީ ބައިވެރިންނަށް ތަފާތު އަދި މަޖާ މުބާރާތަކަށް ވެގެންދާނެކަމުގެ ޔަގީންކަން އުރީދޫއިން ދެއެވެ. ދުނިޔޭގެ އެންމެމަގުބޫލު ކުޅިވަރު މުޅިން އާ ގޮތަކަށް ކުޅެލުމަށް އުރީދޫ ބޮކި ބޯޅަ މުބާރާތުގައި އަވަހަށް ރެޖިސްޓަރ ކުރައްވާށެވެ.