English Edition
Dhivehi Edition

މިއަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށްގެން ދިރާގުން ވަނީ އެކުންފުނީގެ ކަސްޓަމަރުންނަށް ކޮންމެ ހަފުތާއަކުވެސް ‘ބޮޑު ހަދިޔާ’ އެއް ދިނުމަށް ނިންމާފައެވެ.

އެގޮތުން ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޯބައިލް ބްރޯޑްބޭންޑް އަދި ފައިބަރ ބްރޯޑްބޭންޑް ގެންގުޅުއްވާ އެކްޓިވް ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވާލެވޭ ހަތަރު ފަރާތަކަށް ‘މައިޑިއާ’ ބްރޭންޑްގެ އަގުހުރި ހޯމް އެޕްލައިންސް ޕެކެއް ލިބުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މި ޕެކްގެ ތެރޭގައި ފުލީ އޮޓޮމެޓިކް ދޮންނަ މެޝިން، ހަތަރު ދޮރު ލީ އައިސް އަލަމާރި، ޑިޝްވޮޝަރ، އަވަން، މައިކްރޮވޭވް، އެއަރ ޕިއުރިފަޔަރ އަދި ވެކިއުމް ކްލީނަރ ފަދި ގޭތެރޭއަށް ބޭނުންވާ އިތުރުން އެހެނިހެން ސާމާނުވެސް ހިމެނޭނެއެވެ.

މީގެ އިތުރުން ‘ބޯނަސް މެގަ ހަދިޔާ’ ގެ ނަމުގައި ދިރާގުގެ ހުރިހާ އެކްޓިވް ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ދެމީހެއްގެ އުމުރާ ދަތުރެއްވެސް ލިބިގެންދާނެއެވެ.

ދިރާގުން ކޮންމެ އަހަރަކުވެސް ދަނީ ކަސްޓަމަރުންނަށް ޚާއްސަ އައު އޮފަރތައް ގެނެސްދެމުންނެވެ. އަދި މި ރޯދަމަހަކީ ހުރިހާ ކަސްޓަމަރުންނަށް ބަރަކާތްތެރި މައްސަރަކަށްވުމަށްވެސް އެކުންފުނިން ވަނީ އެދިފައެވެ.

ޓެގު