English Edition
Dhivehi Edition

ފުލުހުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގައި ސުވާލު ކުރުމަށް މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ހޯދަން އިއުލާންކޮށްފައިވަނީ ށ. ފުނަދޫ / ޑޭޒީމާ، އަޙްމަދު އަޝްރަފް (21އ)އެވެ.

ފުލުހުން ބުނީ އޭނާއަކީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައި ނުވާ ފަރާތެއް ކަމަށެވެ. އަދި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާން ކުރާކަމަށެވެ.

ފުލުހުން ވަނީ ތަހުގީގަށް ސުވާލުކުރުމަށް، ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަން، 2023 އޭޕްރީލް 2 ވަނަ ދުވަހުގެ 14:00 އަށް ހާޒިރުވުމަށް އަންގާފައެވެ.

ޓެގު