English Edition
Dhivehi Edition
އިލެކްޝަންސް ކޮމިޝަންގެ އިދާރާ - ފޮޓޯ: ގޫގުލް

ސެޕްޓެމްބަރ 9 ގައި ބާއްވާ ރިޔާސީ އިންތިޚާބު މޮނިޓަރ ކުރަން ބޭނުން ބޭރުގެ އޮބްޒާވަރުންނަށް ފުރުސަތު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރި އިޢުލާނެއްގައި ބުނީ ރިޔާސީ އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރ ކުރަން ޝައުގުވެރިވާ ބޭރުގެ އޮބްޒާވަރުންނަށް އެފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

އީސީ އިން ބުނީ ރިޔާސީ އިންތިޚާބު މޮނިޓަރކުރަން ބޭނުންވާ ބޭރުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް އެކަމަށް އެދި އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.

އެފަދަ ފަރާތްތަކުން ޖުލައި މަހުގެ 25 ވަނަ ދުވަހުގެ ކުރިން އެ ކޮމިޝަނަށް ހުށަހެޅުމަށް އެދިފައިވާއިރު، އޮބްޒާވަރުންނާއި މޮނީޓަރުންނަށް ވާން ބޭނުންވާ ބޭރުގެ ފަރާތްތަކަކީ އެމީހަކު ތަމްސީލްކުރާ މީޑިއާއެއް ނުވަތަ ޖަމްއިއްޔާއަކުން އެކްރެޑިޓް ކޮށްފައިވާ މީހަކަށް ވާންޖެހެ އެވެ.

މީގެ އިތުރުން 18 އަހަރު ފުރި އެއްވެސް ކެނޑިޑޭޓަކަށް އަދި ޕާޓީއަކަށް ކެމްޕެއިން ކުރާ މީހަކަށް ވެގެން ނުވާނެކަމަށް ވެސް އީސީގެ އިޢުލާނުގައި ވެއެވެ.

އިންތިޚާބަށް އިލެކްޝަނުން މިހާރުދަނީ ތައްޔާރީތައް ވަމުން ނެވެ. އެގޮތުން އިންތިޚާބުގެ މައި މަރުކަޒަކަށް ދަރުބާރުގެ މިހާރުވަނީ ހަމަޖައްސާފަ އެވެ.

280،000 މީހުންނަށް ވޯޓުމުގެ ހައްގު ލިބިފައިވާ ރިޔާސީ މި އިންތިޚާބަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ވޯޓު ފޮށި ބަހައްޓާނެ އިންތިޚާބަށް ވެއް ވާނެ އެވެ.

އެގޮތުން 600 އަށްވުރެ ގިނަ ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އިންތިޚާބަށް ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ 5600 އޮފިޝަލުން ހޯދަން ވެސް ވަނީ އިއުލާންކޮށްފަ އެވެ. އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 2023 ޖޫން 22 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުއްވުމަށް އެކޮމިޝަނުންވަނީ ހުޅުވާލާފަ އެވެ.

ބޭނުންވާ ޢަދަދަށް މަސައްކަތަށް އެކަށޭނަ މީހުން ނުލިބޭނަމަ، އޮފިޝަލުން ހަމަވަންދެން ފޯމް ބަލައިގަންނާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.