English Edition
Dhivehi Edition

އީކޮމާސް ޕްލެޓްފޯމް މޫލީ އާއި ހޮރައިޒަން ފިޝަރީޒް ގުޅިގެން ރާއްޖޭގެ މަޝްހޫރު ޓޫނާ ބްރޭންޑެއް ކަމަށްވާ މަންދޫ މާސްގެ އުފެއްދުންތައް ހިމެނޭ ބަންޑަލްޑް ހަދިޔާ ޕެކްތަކެއް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މޫލީ ޕްލެޓްފޯމުން ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

މި ޕްރޮމޯޝަނަކީ ރަމަޟާން މަހު އާއްމުކޮށް ބޭނުންވާ ގިނަ އަދަދެއްގެ ޒަރޫރީ ތަކެތި ލިބޭ މޫލީ ރޯދަ ބާޒާރު ޕްރޮމޯޝަންގެ ދަށުން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

މޫލީ މެދުވެރިކޮށް ކޮންމެތާކު ހުންނަވައިގެންވެސް ކަސްޓަމަރުންނަށް މާންދޫގެ ރަހަމީރު މަސްދަޅުތައް ހިމެނޭ މި ހަދިޔާ ޕެކްތައް ކޮންމެތާކު ކޮންމެވަގުތެއްގައިވެސް ބައްލަވައިގަނެ ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރ ކޮށްލެވޭނެއެވެ.

ތަފާތު ހަތަރު ހަދިޔާ ޕެކް މޫލީއިން ބައްލަވައިގަންނަން ލިބޭއިރު، މި ހަދިޔާ ޕެކްތަކުގެ އަގުތައްހުރީ 145 ރުފިޔާއާއި 160 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.

ރޯދަ ހަދިޔާ ޕެކް 1 ގައި ހަބަނޭރޯގައި ހަދާފައިވާ 3 ދަޅު، ހިކި މިރުހުގައި ކަނޑުމަސް ހަދާފައިވާ 2 ދަޅު، ކަނޑުމަސް ސަންފްލާވާ އޮއިލް (އެސްއެފްއޯ) އަދި ކަނޑުމަސް ބްރައިންގައި ހަދާފައިވާ 1 ދަޅު ގެ އިތުރުން މަސްހުނި އެކްސްޓްރާ އޮއިލް، މަޝުނި ނޯމަލް އަދި މަޝުނީ ޒީރޯ ޗިލީ ގެ ދަޅު ހިމަނާފައިވެއެވެ. މި ޕެކް ގެ އަގަކީ 150 ރުފިޔާ އަށެވެ.

ރޯދަ ހަދިޔާ ޕެކް 2 160 ރުފިޔާއަށް ލިބޭއިރު، މި ޕެކްގައި ހިމެނެނީ އޮލިވް އޮއިލްގައި ހަދާފައިވާ ކަޅު ބިލަ މަސް، ސަންފްލާވާ އޮއިލް އަދި ސަންޑްރައިޑް ޓޮމާޓޯގައި ހަދައިފައިވާ ކަނޑުމަސް، ސަންފްލާވާ އޮއިލް، ލެމަން އެންޑް ޕެޕާގައި ހަދާފައިވާ ކަނޑުމަސް، ސަންފްލާވާ އޮއިލް، ލެމަން އަދި ތައިމްގައި ހަދައިފައިވާ ކަނޑުމަހުގެ އިތުރުން ލޮނުމެދާއި ހާބް އަދި ސަންފްލާވާ އޮއިލްގައި ހަދާފައިވާ ކަނޑުމަސް ދަޅު ހިމެނެއެވެ. މި ޕެކްގައި މީން ކޮންމެ ވައްތަރަކުން 2 ދަޅު ހިމެނެއެވެ.

ރޯދަ ހަދިޔާ ޕެކް 3 ގެ އަގަކީ 145 ރުފިޔާއެވެ. މި ޕެކްގައި މަސްހުނި އެކްސްޓްރާ ޗިލީ، މަސްހުނި، މަސްހުނި ޒީރޯ ޗިލީ، ހަބަނޭރޯގައި ހަދާފައިވާ ކަނޑުމަސް ދަޅު ގެ އިތުރުނ ސަންފްލާވާ އޮއިލްގައި ހަދައިފައިވާ ކަނޑުމަސް ދަޅު ހިމެނެއެވެ. މިއިން ކޮންމެ ވައްތަރަކުން 2 ދަޅު މި ޕެކްގައި ހިމެނޭއިރު، ރޯދަ ހަދިޔާ ޕެކް 4 ގައި ހަދިޔާ ޕެކް 1 2 އަދި 3 ގައި ހިމެނޭ ހުރިހާ ރަހައެއްގެ ކޮންމެ ވައްތަރަކުން 1 ދަޅު ހިމެނެއެވެ. ރޯދަ ހަދިޔާ ޕެކް 4 ގެ އަގަކީ 150 ރުފިޔާއެވެ.

ރޯދަ ހަދިޔާ ޕެކް ގަތުމަށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު http://ore.do/maandhoomas ޒިޔާރަތްކޮށް އޯޑަރު ދިނުމާއި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ކޮށްދޭނެއެވެ. އުރީދޫ އެޕް އަދި ވެބްސައިޓް މެދުވެރިކޮށް ރަމަޟާން މަހަށް ބޭނުންވާ ތަކެތި ގަތުމަށް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް މޫލީ އިން މަރުހަބާ ކިޔައެވެ.

ޓެގު