English Edition
Dhivehi Edition
އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.
އެންމެ ފުރަތަމަ ރެސިޕީއެއްގެ ގޮތުގައި މި ފަހަރު މި ގެނެސްދެނީ ދިވެހިންނަށް އަބަދުވެސް ވަރަށް މީރު ހެދިކާއެއްގެ ގޮތުގައި މަޝްހޫރު އަދި ރޯދަ ވީއްލަން ވަރަށް ޚާއްޞަ އެއްޗެއް ކަމަށްވާ ބަޖިޔާ ތައްޔާރުކުރާނެ ގޮތެވެ. އޭގެ ތެރެއިން ވެސް މިފަހަރު މި ގެނެސްދެނީ ތަންދޫރީ ބަޖިޔާއެވެ.
ބޭނުންވާތަކެތި
250 ގ. ފުށް
1 މޭޒުމަތީ ސަމުސާ ބަޓަރ
2 ފަސްމީރު މަސްދަޅު
1 މޭޒުމަތީ ސަމުސާ ބައި ހަކުރު
1 މޭޒުމަތީ ސަމުސާ ބައިހަނާކޮށް ތަޅާފައި ހުރި ހިކިމިރުސް
3 ފިޔާ ( ވަރަށް ހިމުންކޮށް ކޮށާފައި)
1ފަޅި ގިތެޔޮ މިރުސް ( ހިމުންކޮށް ކޮށާފައި)
2 މޭޒުމަތީސަމުސާ ތަންދޫރީ ގްރޭވީ
1 ސައިސަމުސާ މުގުރި ދިރި
1 ސައިސަމުސާ މުގުރި ފޮނިތޮށި ކާފޫރުތޮޅި
3 ހިކަނދިފަތް
1/4 ސައި ސަމުސާ މުގުރި ރީނދޫ
1/3 ސައިސަމުސާ މުގުރި އަސޭމިރުސް
1/2 ސައިސަމުސާ މަސްޓަރޑް ސީޑްސް
ލޮނުކޮޅެއް
ތެޔޮފޮދެއް
ތައްޔާރުކުރާނެގޮތް
ފުރަތަމަ ބަޓަރާއި ފުށްކޮޅު އެއްކޮށްގެން ތާފަނާފެނުން މޮޑެލާށެވެ.
ދެން ތަވާ އުނދުންމައްޗަށް އުދާލާފައި ކުޑަ ތެޔޮ ފޮދެއް އަޅާފައި ހޫނުވީމާ ފިޔާ، ހިކަނދިފަތް، ރޯމިރުސް، އެއްކޮށް އަޅާލުމަށްފަހު ދޭފަތުންހަލަމުން ހަނާކޮށްލާށެވެ.
މަސްގަނޑަށް ބޭނޫންވާ ހުރިހާބާވަތްތައް އެއްކޮށް އަޅާފައި މަޑުގިނީގައި ރަނގަޅަށް ހަނާކޮށްލާށެވެ.
ފުށްގަނޑުން ކުދިކޮށް ގުޅަގުޅަ ކަނޑާލުމަށްފަހު ރޮށި ދަމާފައި ކޮންމެ ރޮށްޓަކަށް މަސްކޮޅެއް އަޅާފައި ބަޖިޔާ ތަތްގަނޑުން ބަޖިޔާ ހަދާފައި ޓްރޭގައި ތެޔޮފޮދެއް ހާކާފައި ބަޖިޔާތައް ޓްރޭގައި އަތުރާފައި އަވަނުން ފިހެލާށެވެ.
ބޭނުމިއްޔާ ތެލުލާށެވެ.