English Edition
Dhivehi Edition
ގްރިލްޑް ޗިކަން / ފޮޓޯ: ގޫގަލް

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ. މި ކޮލަމްގައި މިއަދު ގެނެސްދޭ ދެވަނަ ރެސިޕީއަކީ، ރޯދަ ވީއްލުމަށްފަހު ބަތް، ނޫޑުލްސް ނޫނީ ސްޕެގެޓީ އާއި އެކު ސައިޑް ޑިޝްއަކަށް ބޭނުން ކޮށްލަން ވަރަށް މީރު އެއްޗެއް ތައްޔާރުކުރާނެ ގޮތުގެ ރެސިީޕީ އެކެވެ.

ބޭނުންވާތަކެތި:

900ގ ޗިކެން ތައި

3 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް

1 މޭޒުމަތީ ސަމުސާ ބްރައުން ޝުގަރ

1 މޭޒުމަތީ ސަމުސާ ވިނެގަރ

1 މޭޒުމަތީ ސަމުސާ މަސްޓަރޑް ކްރީމް

1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް

1 މޭޒުމަތީ ސަމުސާ އަސޭމިރުސް އަދި ލުނބޯ ހުތް

1 މޭޒުމަތީ ސަމުސާ ޑްރައިޑް ރޯސްމެރީ

2 ލޮނުމެދު ޗަސްކޮށްފައި

ތައްޔާރުކުރާނެގޮތް:

މަތީގައި ވާހުރިހާ އިންގްރެޑިއެންޓްސް ތަށްޓަކަށް ނޫނީ ޒިޕްލޮކް ބޭގަކަށް އަޅާފައި އެއްކޮށްލާށެވެ. ދެން މީގެ ތެރެއަށް ޗިކެން ތައި އަޅާފައި 30 މިނެޓް ނޫނީ 4 ގަޑި އިރުވަންދެން މެރިނޭޓް ކުރަން ފްރިޖްގައި ބަހައްޓާށެވެ. ގްރިލާ ޕްރީހީޓް ކުރުމަށްފަހު ކުކުޅު ރޯފިލަންދެން ކައްކާށެވެ.