English Edition
Dhivehi Edition

ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ދެވަނަ ރޮނާލްޑޯއެއް ދެން ދުނިޔޭގެ ފުޓުބޯޅައަށް އުފަން ނުވާނެ ކަމަށް ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

މޮރީނިއޯ ބުނީ މިހާތަނަށް ދުނިޔެ ދުއް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކީ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށާއި އެފަދަ ދެވަނަ ކުޅުންތެރިޔަކު ދެން އުފަން ނުވާނޭ ކަމަށެވެ.

މޮރީނިއޯ ބުނީ ދުނިޔޭގައި އެކި ޒަމާންތަކުގައި ތަފާތު ހުނަރުގެ މޮޅެތި ކުޅުންތެރިން އުފެދުނު ކަމަށާއި ނަމަވެސް ވޭދުވެ ދިޔަ 20 ވަރަކަށް އަހަރުދުވަހުގެ ތެރޭގައި ދުނިޔޭގެ ފުޓްބޯޅައިގައި ރޮނާލްޑޯ ހޯދިފަދަ ކާމިޔާބީތަކެއް ހޯދި ކުޅުންތެރިއަކު ނެތް ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައިވެސް އެފަދަ ކުޅުންތެރިއަކު ނުފެންނާނޭ ކަމަށް މޮރީނިއޯ ވަނީ ބުނެފައެވެ.

” ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ދުނިޔޭގެ ނަމްބަރު ވަން. އެފަދަ ދެވަނަ ރޮނާލްޑޯއެއް ދެން އުފަން ނުވާނެ.” މޮރީނިއޯ ބުންޏެވެ.