English Edition
Dhivehi Edition

އެންމެންނަށް ފްލެޓު ދިނުމުގެ ގޮތުން ފައްޓަވާ ޕްރޮގުރާމް “ހިޔާ” މާދަމާރޭ އިފްތިތާޙް ކުރާ ގޮތަށް ހަމަޖައްސަވައިފިއެވެ

ހިޔާވަހިކަމުގެ ދެމެހެއްޓެނިވި ހައްލެއް ރައްޔިތުންނަށް ގެނަސްދެއްވުމުގެ މަގުސަދުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުޤައްޔޫމުގެ އިސްނެންގެވުމުގެ މަތިން ސަރުކާރުން ފައްޓަވާ މި މަޝްރޫއު އިފްތިތާޙް ކޮށްދެއްވަވާނީ ރައީސުލް ޖުމުހޫރިއްޔާ ޔާމީން އަބްދުލް ގައްޔޫމެވެ.

އެގޮތުން މި މަޝްރޫއު އިފްތިތާހު ކުރުމުގެ ގޮތުން ބާއްވާ ޙާއްސަ ރަސްމިއްޔާތެއް މާދަމާރޭ 08:30 ގައި ހުޅުމާލެ ފޭސް 2 ގައި އޮންނާނެއެވެ.

މިއީ ހުޅުމާލެ ފޭސް 2 ގައި އަޅާ 15،000 ހައުސިންގް ޔުނިޓުގެ ބިޔަ މަޝްރޫޢު ފެއްޓެވުމުގެ ގޮތުން ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، (އެޗްޑީސީން) އިންތިޒާމްކޮށްގެން ބާއްވާ ރަސްމިއްޔާތެކެވެ.

މީގެ އިތުރުން، ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ރަސްމިއްޔާތެއް މިމަހުގެ 17 ވަނަ ދުވަހުގެރޭ މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ޖަލްސާގައި ރައްޔިތުންނަށް ހިނިތުންވުން ގެނެސްދޭފަދަ ވާހަކަތަކެއް ހާމަކުރައްވާނެކަމަށް، ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްވެސް ވަނީ ވިދާޅުވެފައެވެ.