English Edition
Dhivehi Edition

އައްޑޫ ސިޓީގެ މަސައްކަތްތެރި އަންހެނުން އަތުން ދޫނުކޮށް އެމީހުން ގެންދަންޖެހޭ ހިސާބަށް ގެންގޮސް ދެއްވާނެ ކަމަށް ވިއަމްގެ ރައީސާ ވިދާޅުވެއްޖެއެވެ.

ވިމެން އެންޓަރޕްރިނިއަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވިއަމް)ގެ ރައީސާ ޝާއިރާ ސަލީމް ވިދާޅުވީ އައްޑޫ ކަނބަލުން އުފައްދާ ތަކެތި ވިއްކޭނެގޮތެއް ނެތުމުން އެމީހުންތިބޭ ވަރަށްބޮޑަށް “ހިތްމަރުވެފައި” ކަމަށެވެ.

އެހެންވެ ވިއަމް މެދުވެރިކޮށް ޝާއިރާ ގެންދަވަނީ އައްޑޫ ކަނބަލުންގެ އުފެއްދުންތައް ވިއްކޭނެ ގޮތްތަކެއް ހޯއްދަވައި ދެއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުންނެވެ. އެމަސައްކަތުގެ ސަބަބުން ބައެއް ރިސޯޓުތަކުންވަނީ އެމީހުންގެ އުފެއްދުންތައް ވިއްކައިދިނުމަށް އެހީތެރިވެދޭނެ ކަމަށް އެއްބަސްވެފައި ކަމަށް ޝާއިރާ ވިދާޅުވިއެވެ.

“އަޅުގަނޑު އެމީހުންގެ އަތުން ދޫކޮށެއް ނުލާނަން އިނގޭތޯ. އަޅުގަނޑު ނުހަދާނަން އެހެނެއް. އަޅުގަނޑު މިއޮތީ އެމީހުންނަށް އެހިވާން ފަށައިފައި. އެމީހުން ގެންދަންޖެހޭ ހިސާބަށް ގެންގޮސްދީފައިނޫނީ ދޫކޮށެއް ނުލާނަން އިރާދަ ކުރެއްވިއްޔާ،” ޝާއިރާ ވިދާޅުވިއެވެ.

އައްޑޫ ކަނބަލުންގެ މަސައްކަތްތެރިކަން ޝާއިރާއަށް ފެނިވަޑައިގެންނެވީ ސަޓާ އެވޯޑުގެ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން އައްޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ބޭއްވި “އައިލެންޑު ފެސްޓިވަލް 2017” އިންނެވެ.

އެތަނުން ދިމާވީ އަންހެނުންވަނީ އެމީހުނަށް ދިމާވާ ދަތިކަންކަމާއި މައްސަލަތައް ޝާއިރާއާ ހިއްސާކޮށްފައެވެ. އެހިސާބުން ޝާއިރާވަނީ އެމީހުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދެއްވަން މަސައްކަތް ފަށައިފައެވެ.

ޓެގު