English Edition
Dhivehi Edition

އައްޑޫސިޓީގެ މަސައްކަތްތެރި ކަނބަލުންނަށް ވިމެން އެންޓަރޕްރިނިއަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވިއަމް) ގެ ރައީސާ ޝާއިރާ ސަލީމް ތައުރީފް ކުރައްވައިފިއެވެ.

ޝާއިރާ ސަލީމް އައްޑޫ ކަނބަލުންނަށް ތައުރީފް ކުރެއްވީ ސަޓައެވޯޑާ ގުޅިގެން އައްޑޫގައި ބޭއްވި “އައިލެންޑް ފެސްޓިވަލް” ގައި ބައިވެރި ކޮށްފައިވާ ތަކެތީގެ ފެންވަރާއި، ހުނަރުވެރިކަން ބައްލަވައި ލެއްވުމަށްފަހުއެވެ.

“މަރަދޫގައި ބޭއްވި އައިލެންޑް ފެސްޓިވަލަށް އަޅުގަނޑު ދިޔައިމާ ދިމާވި ވަރަށް ބައިވަރު މަސައްކަތްރި އަންހެނުންނާ. އެ ފެސްޓިވަލުން ފެނުނު އެމީހުންގެ އުފައްދުންތަކާއި މަސައްކަތްތަކާއި އެމީހުންގެ ޕްރެޒެންޓޭޝަންތައް. އެ ފެނުނީމައި އައްޑޫ ކަނބަލުންގެ މަސައްކަތްތައް ބައެއް ހިސާބުތަކާ އަޅައިބަލާއިރު މާބޮޑަށްވެސް ރަނގަޅު،” ޝާއިރާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އައްޑޫގެ މަސައްކަތްތެރި ކަނބަލުންގެ އުފެއްދުންތެރި ކަމަށް ބަލާއިރު އެއިން އެމީހުންނަށް އާމްދަނީއެއް ލިބޭނެގޮތެއް ހަމަޖެހިފައި އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެހެން ކަމުން އެ މީހުންގެ އުފެއްދުންތަކަށް މާކެޓް ހޯއްދަވައި ދެއްވުމަށް ވިއަމްއިން މަސައްކަތް ކޮށްދެއްވާނެ ކަމަށްވެސް ޝާއިރާ ވިދާޅުވިއެވެ.

އައްޑޫސިޓީ ކަނބަލުންގެ އުފެއްދުންތައް މާކެޓް ކުރުމަށްޓަކައި މިހާތަނަށްވަނީ ޑަބްލިޔުޑީސީންވެސް މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް ދާއިމީ ގޮތެއްގައި އެކަންކުރެވޭނެ ގޮތެއް އަދި ފެނިފައެއް ނުވެއެވެ.

ޓެގު