English Edition
Dhivehi Edition
ނަވާރަ ވަނަ މަޖްލިހުގެ ސުޕަރ މެޖޯރިޓީ ލިބުމުން އެމްޑީޕީން އުފާ ފާޅުކުރަނީ

މަޑަވެލި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހުސައިން ފިރުޝާން, ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ރައީސް އަށް ފާޑުވިދާޅުވެ ފުރުޝާން ކުރެއްވި ޓުވިޓެއްގައިވަނީ އެމްޑީޕީގެ އިސް ލީޑަރޭ ކިޔައިގެން ހުރެ ޕާޓީ ބައިބައިކޮށް ހަލާކުކޮށްފި ކަމަށެވެ. “ކޯލިޝަން އޮންނާނެކަމަށް ބުނެ ޕާޓީގެ މެމްބަރުން ބިކަކޮށް ޕާޓީ ބައިބައިކޮށް ހަލާކުކޮށްފި.”ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް ވަރަށް ތައިދުކުރައްވާ ފިރުޝާން ވަނީ ވިދާޅުވެފައެވެ.

އިތުރަށް ފިރުޝާން ވިދާޅުވީ ޕާޓީގެ މެނިފެސްޓޯ އޮޅުވާލާފައިވާކަމަށާއި ކޯލިޝަނެއްވެސް ނެތްކަމަށެވެ. “ކޮން ފޯމިއުލާއެއް ނެރެވުނީ؟ ކޯލިޝަނެއްވެސްނެތް. ޕާޓީ އެކެއްވެސް ނުކުރެވުނު. ޕާޓީގެ ސިޔާސަތުވެސް ތަންފީޒެއް ނުކުރެވުނު. ހާދަ ދެރައޭ.” ފިރުޝާން ވިދާޅުވިއެވެ.

އެމްޑީޕީ ތެރޭގައި އުފެދިފައިވާ ހަމަނުޖެހުންތަކާއެކު ރިޔާސީ ރޭސް ކާމިޔާބުކުރުމަކީ އެ ޕާޓީއަށް ފަސޭހަކަމެއް ނޫންކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއިދުކުރުމާއި ގުޅޭ ގޮތުން ރައީސް ނަޝީދުގެ ފެކްޝަނުން ވަކި ގޮތަކަށް ނިންމާފައި ނުވާއިރު މި އިންތިހާބުގައި އެމަނިކުފާނު އަމިއަލް ގޮތުން ވާދަކުރުމަކީވެސް ގާތް ކަމެއްކަމުގައި ރާއްޖޭގެ ސިޔާސީ މަސްރަހު ދިރާސާކުރާ ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ޓެގު