English Edition
Dhivehi Edition

އިންޑިއާ އައުޓް ކިޔާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އެ ގައުމުން ރާއްޖެއަށް ފޯރުވާ ނުފޫޒެއް ބުނެ ނުދެވޭ ކަމަށާއި ދިރާސީ ގޮތެއްގައި އެ ގައުމުގެ ސިފައިން ތިބެގެން ދޭ ގެއްލުމެއް ވެސް ބުނެދެވިފައިނުވާ ކަމަށް މޯލްޑިވްސް ޑިވޮލަޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ރައީސާ ޑރ. އައިޝަތު ރަފިއްޔާ (ރަފީ) ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާ ސިފައިން ގާއިމްވެ ތިބޭ ކަމަށާއި އެ ގައުމުން ރާއްޖޭގެ ދާޚިލީ ކަންކަމަށް އަތްބާނާ ކަމަށް ތުހުމަތުކޮށް، ކުރިއަށް ގެންދާ ކެމްޕޭނަށް ފާޑު ވިދާޅުވަމުން ރަފީ ވިދާޅުވީ ‘އިންޑިއާ އައުޓް’ ހަރަކާތަކީ ފައިދާއެއް ނެތް، ގެއްލުންހުރި “ސިޔާސީ ޖަރީމާއެއް” ކަމަށެވެ.

” އެއް ގައުމުން އަނެއް ގައުމަށް ސިފައިން ފޮނުވާ، ބޭތިއްބުމަކީ އިންޑިއާއިން އެކަނި ކުރާ ކަމެއް ނޫން . ރާއްޖޭގެ ސިފައިން އިންޑިއާ އެމެރިކާ ފަދަ ގައުމުތަކުގައި ވެސް ތިބޭ. އެއީ، ސަލާމަތަށް ގެއްލުންވާނެ ކަންކަމެއް ނޫން. އެއީ ދިފާއީ ކަންކަން ހަރުދަނާ ކުރުމަށް ދެ ގައުމުގެ ގުޅުމުގެ ތެރެއިން ކުރާ ޚާރިޖީ ކަމެއް. ” ރަފީ ވިދާޅުވިއެވެ.

ޑިފެންސް އެޓާނީއެއް އިންޑިއާގެ ދިއްލީގައިވެސް އަދި ޓްރިވަންޑްރަމްގައި ވެސް ކޮލޮމްބޯގައި ވެސް ހުންނާނެ ކަމަށާއި އަޅުގަނޑުމެންގެ އިންޓްރެސްޓް ހުރި ގައުމުތަކަށް އަޅުގަނޑުމެންނަށް އެފޯޑު ކުރެވޭ މިންވަރަކުން މީހުން ފޮނުވާފައި ތިބޭނެކަމަށް ރަފީ ވިދާޅުވިއެވެ.

ރަފީ ވިދާޅުވީ ރާއްޖެއަށް އެއްވެސް ގައުމަކާ ދުރުހެލިވެގެން ނޫޅެވޭނެ ކަމަށާއި އެހެން އެ ކަން ކޮށްފި ނަމަ، ގެއްލުން ވާނީ އެ ގައުމެއްގައި އުޅޭ ނިކަމެތި ރައްޔިތުންނަށް ކަމަށެވެ.

1 ކޮމެންޓް
ޤައުމީ ޖޯޝް
ފެބުރުއަރީ 26, 2023
މީ ނުބައި ހައިވާނެއްތާދޯ