ސިޒޭރިއަން އަށްފަހު ޖެހުނު “ސެޕްޓިކް ޝޮކް” އަކުން ދެއަތް ތިލަ އާއި ދެފައިތިލަ ބުރިކޮށްލަން ޖެހުނު ހާދިސާ ޒުވާން އަންހެންކު ކިޔައިދީފިއެވެ.
ޓެކްސަސް އަށް އުފަން އުމުރުން 29 އަހަރުގެ ކްރިސްޓަން ގެ ދެ އަތްތިލައާއި ފައި ބުރިކޮށްލި ހިތާމަވެރި ހާދިސާ އޭނާ ވަނީ އޭބީސީ7 އާއި ހިއްސާކޮށްފައެވެ.
ދެވަނަ ދަރިފުޅު ވިހަން މިދިޔަ އަހަރު އޮކްޓޯބަރ މަހު ހެދި ސިޒޭރިއަން އަށްފަހު ކްރިސްޓަން ބުނީ، ސިޒޭރިއަން ހެދުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލުމާ ހަމައަށް ހުރިހާ ކަމެއްވެސް ރަނގަޅު ކަމަށެވެ. ނަމަވެސް ދޫކޮށްލިތާ ދެވަނަ ދުވަހު ހުން އައިސް ދެ އަތްތިލަ އާއި ފައިތިލަ ކަޅުވާން ފެށިކަމަށާއި އެދުވަހު އޭނާ އަށް ޝޮކެއްވެސް ޖެހުނު ކަމަށެވެ. އެވަގުތު އެމަރޖެންސީގައި އޭނާ ހޮސްޕިޓަލަށް ގެންގޮސް ވެންޓިލޭޓަރުގައި ފަރުވާ ދޭންފެށި ކަމަށެވެ.
ކްރިސްޓަން އަށް އެމަޖެންސީގައި ފަރުވާދެމުން ދިޔައިރު ހާލަތަށް ބަދަލެއް ނައިމަ ޑޮކްޓަރ ވަނީ އޭނާ އަށް ދިމާވި ކަންތައް ވަރަށް ރަނގަޅަށް ފިރިމީހާ އަށް ކިޔައިދީައެވެ. ޑޮކްޓަރ ބުނާގޮތުން ސެޕްޓިކް ޝޮކް އަށް ފަހު ކްރިސްޓަންގެ ދެ އަތްތިލަ އާއި ފައިތިލަ ކަޅުވެފައިވަނީ ނާރުތަކުން ލޭ ދައުރު ކޮށްނުދޭ ތީއެވެ. އަދި ކްރިސްޓަންގެ ފުރާނަ ސަލާމަތް ކުރެވޭނީ ދެއަތް ތިލައާއި ފައި ތިލަ ބުރިކޮށްގެން ކަމަށް ޑޮކްޓަރ ކްރިސްޓަން އަށާއި ފިރިމީހާ އަށް ކިޔައި ދިނެވެ.
ކްރިސްޓަން ބުނީ ދެއަތް ތިލައާއި ފައިތިލަ ބުރި ނުކޮށްވޭތޯ އެމީހުން ވަރަށް ބޮޑަށް ބެލިކަމަށެވެ. ނަމަވެސް އެނޫން ގޮތެއް ނެތުމުން ބުރިކުރަން އެއްބަސްވީ ކަމަށް އޭނާ ބުންޏެވެ.
ދެއަތް ތިލައާއި ފައި ތިލަ ބުރި ކުރުމަށްފަހު ހޮސްޕިޓަލްގައި 2މަސް ހޭދަކުރުމަށްފަހު ކްރިސްޓަންގެ “މެންޓަލް” ހާލަތު ދަށްވުމުން އޭނާ 1 މަސް ވަންދެން ރިހެބް ފެސިލިޓީ އަށްދާން ހެޖުނު ކަމަށް ކްރިސްޓަން ބުންޏެވެ. އޭގެފަހުން ބޮޑު ދަރި ފުޅާއި ކުޑަ ދަރިފުޅާއެކު ހޭދަނުވެ ގެއްލުނު 3 މަހުގެ ވަގުތު ހޯދަދޭން އޭނާ ދަނީ މަސައްކަތް ކުރަމުންނެވެ.
ކްރިސްޓަންގެ އަތްތިލަ އާއި ފައިތިލަ ބުރިކުރަން ހެދި ސާޖަރީ އަށް ފަހު ހަންގަނޑު ހަލާކުވި ސަރަހައްދުގައި ހަންތައް ރިޕެއާ ކުރަން އިތުރު ސާޖަރީ ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.
ދަރިންނާއެކު ގެއްލިގެން ދިޔަ 4ވަރަކަށް މަސް އެއީ އެންމެ ހިތްދަތި ވީދުވަސް ތައްކަމަށް ކްރިސްޓަން ބުންޏެވެ. ކްރިސްޓަން ރިހިބިލިޓޭޝަނުން ދޫކުރީ ފެބްރުއަރީ 11 ވަނަ ދުވަހުއެވެ.