English Edition
Dhivehi Edition

އައްޑޫސިޓީ ހިތަދޫގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ހިންގި މާރާމާރީއެއްގައި މީހަކު ޒަހަމް ވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ 22:02 ގައި ކަމަށެވެ.

މި މާރާމާރީގައި އަނިޔާވި މީހާއަށް އައްޑޫއިކުއަޓޯރިއަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ބުނީ މާރާމާރީގައި ޒަހަމްވި މީހާ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށާއި މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މާރާމާރީގައި އެމީހާގެ މޭމަތީގެ ކަނާތް ފަރާތަށް ތޫނުއެއްޗެއް ހަރާލާފައިވާ އިރު އޭނަގެ ފުއްޕާމެއަށް ލޭ އެޅިފައިވާ ކަމަށް ވެސް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ފުލުހުން ވިދާޅުވީ މި މައްސަލާއާއި ގުޅިގެން 18 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުޤީގު ކުރަމުންނެވެ.