English Edition
Dhivehi Edition
ފޮޓޯ: އެމްޑިޕީ

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވާ ނާކާމިޔާބީ އާއި ކުރިމަތިވެ ވަޑައިގެންނެވި އެމްޑީޕީ ރައީސް މުހައްމަދު ނަޝީދު ބަލި ގަބޫލުކުރައްވައިފިއެވެ.

އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަށް ރައީސް ނަޝީދު މިއަދު ހެނދުނު ފޮނުވި މެސެޖެއްގައި ވިދާޅުވީ، އިންތިހާބުގެ އޮޅުވާލުންތައް އެއްކިބާ ކޮށްފިނަމަ ރައީސް ސޯލިހަށް ލިބިލެއްވި ވަރަށް ގިނަ ވޯޓު އުނިވާނެ ކަމަށެވެ. އަދި ވޯޓާސް ލިސްޓަށް ބަލާ ނަމަ ކުޑަ ފަރަގަކުން ރައީސް ސޯލިހް މޮޅުވެދާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ،

އެމްޑީޕީ ޕްރައިމަރީ ރައީސް ސޯލިހް ކާމިޔާބު ކުރެއްވި ނަމަވެސް، ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ ކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވަނީ “ފިކުރެއްގެ ދިރުން” ނަމުގައި އެމްޑީޕީގެ ގޮފިތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ހެދުމަށް ހުށަހަޅާފައެވެ. އަދި އެމްޑީޕީ އިން ކަނޑާލި 39،000 އަށްވުރެ ގިނަ މީހުން އަލުން އެ ޕާޓީ އާއި ގުޅި ގޮތެއް ނިންމުމަށްވެސް ރައީސް ނަޝީދު ވަނީ ހުށަހަޅުއްވާފައެވެ. މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ “ފިކުރެއްގެ ދިރުން”ގެ ފަރާތުން ތާއިދު ކުރާނެ ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅާނީ ފަހުން ކަމަށެވެ.

މި މަހުގެ 28 ވަނަ ދުވަހު އެމްޑީޕީ އިން ކުރިއަށް ގެންދިޔަ އެޕާޓީގެ ރިޔާސީ ޕްރައިމަރީ ރައީސް ސޯލިހް ކާމިޔާބުކުރެއްވީ %61.10 ވޯޓުން ކުރި ހޯއްދަވައިގެންނެވެ.

1 ކޮމެންޓް
އަބުޅޯ
ޖެނުއަރީ 30, 2023
ތިނަމުގަ އިތުރު ޕާޓީއެއް އުފައްދާ. އެވެދާނެ ޑީއާރުޕީއަށް ވީގޮތަށްވެސް.\ތި ފިކުރު ދިރުވަން ތިބި މީހުންގެ އަދަދު ފެނިއްޖެ ކަމަސް ހީކުރަން