English Edition
Dhivehi Edition

ގއ. ވިލިނގިލީގައި 50 ރޯ ހައުސް އެޅުމަށް ބިންގާ އަޅައިފި އެވެ.

ހައުސިންގ ޔުނިޓުތަކުގެ ބިންގާ އަޅުއްވައިދެއްވީ ޕްލޭނިން އެންޑް ހައުސިން ނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން އަދިި އެ ރަށު ކައުންސިލް މެމްބަރުން ނެވެ.

މި މަޝްރޫޢުގައި ހިމެނެނީ 3 ކޮޓަރީގެ އެޕަރޓްމަންޓްތަކެވެ. މިއީ 700 އަކަފޫޓުގެ ހައުސިން ޔުނިޓްތަކެކެވެ.

އެގޮތުން ކޮންމެ އެޕަރޓްމަންޓެއްގައި 3 ކޮޓަރިއާއި، 3 ފާހަނައާއި، ސިޓީންރޫމް، ބަދިގެ، ކާގެ، ބެލްކަނީ އަދި ލޯންޑްރީއާއި ސްޓޯ ރޫމެއް ހުންނާނެ އެވެ.

ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދެއްކަން ފާހަގަކުރައްވާ އަކްރަމް ވިދާޅުވީ ގެދޮރު އަޅަން ނުވަތަ އާބާތުރަ ފިލުވަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ ކުރެވުނު ގެދޮރުވެރިޔާގެ ލޯނުގެ ދަށުން މިހާތަނަށް ގއ. އަތޮޅަށް އެކަނިވެސް 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ހަމަޖައްސައި ދީފައިވާކަމަށެވެ.