English Edition
Dhivehi Edition

މިމަހުގެ 19 ވަނަ ދުވަހު ފްރާންސްގެ ޕީއެސްޖީ އާއި ސައުދީ އަރަބިއްޔާ ލީގުން ހޮވާލެވޭ 11 ކުޅޫންތެރިންނާއި އެކު ކުޅޭ އެކުވެރިކަމުގެ މެޗުގައި ކެޕްޓަން ބޭންޑް އަޅާނީ ދާދިފަހުން އަލް ނަޞްރާއި ގުޅުނު ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ރޮނާލްޑޯ އަލް ނަޞްރަށް ބަދަލުވީ ދުނިޔޭގެ ރެކޯޑް ފީއެއް ކަމުގައިވާ 200 މިލިއަން ޔޫރޯ އަށެވެ. މިއީ ދުނިޔޭފެ ފުޓްބޯޅަ ތާރީޚުގައި މިހާތަނަށް ހިނގި އެންމެ އަގުބޮޑު ޓްރާންސްފާއަށް ވަނީ ވެފައެވެ. އަދި ރޮނާލްޑޯ އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ ބޮޑު މުސާރައެއް ލިބޭ ފުޓްބޯޅަ ތަރިއެވެ.

ރޮނާލްޑޯ އަލް ނަޞްރަށް ބަދަލުވިފަހުން މިހާތަނަށް އަދި އޭނާ އެޓީމާއި އެކު މެޗެއް ކުޅެފައެއް ނުވެއެވެ. އިނގިރޭސި އެފްއޭއިން ދިން ދެ މެޗުގެ ސަސްޕެންޝަނުގެ އަދަބާއި ގުޅިގެން ރޮނާލްޑޯ އަށް އޭނާގެ އައު ކުލަބާއި އެކު އަދި މިހާތަނަށް މެޗެއް ކުޅެވޭގޮތް ވަނީ ނުވެފައެވެ.

އެހެން ކަމުން ޕީއެސްޖީއާއި އެކު ދައުދީ އޯލް ށްތަރ ޓީމު ކުޅޭ އެކުވެރިކަމުގެ މެޗަކީ ރޮނާލްޑޯ ސައުދީ ލީގަށް ބަދަލުވި ފަހުން އޭނާ ކުޅޭނެ ފުރަތަމަ މެޗެވެ. ފްރާންސްގެ ޕީއެސްޖީއާއި ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މި މެޗުގައި ރޮނާލްޑޯ ކުޅޭނެ ކަމަށް އަލް ނަޞްރުގެ ކޯޗު ރުޑީ ގާސިއާ ބުނެފައިވާއިރު، މި މެޗުގައި ކެޕްޓަން ބޭންޑް އަޅާނީ ވެސް ރޮނާލްޑޯ ކަމަށް ސައުދީ މީޑިއާތަކުން ވަނީ ބުނެފައެވެ.

ސައުދީގެވެރިރަށް އައް ރިޔާދުގައި ޕީއެސްޖީ އާއި ދެކޮޅަށް ކުޅޭ މި މެޗުގައި ރޮނާލްޑޯ ފެނިގެން ދާނެއިރު، މި މެޗުގައި ރޮނާލްޑޯ އާއި އެންމެ ވާދަވެރި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ކުޅޭނެއެވެ.