English Edition
Dhivehi Edition
ފުވައްމުލަކު ޕަބްލިކް ލައިބްރަރީ

ފުވައްމުލައް ސިޓީ ޒީނަތްތެރިކޮށް ގޭ ފާރުތައް ރީތިކޮށް ކުލަލައި، ގޭގެ ނަންބޯޑުތައް ހަރުކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން އެ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަ ސްކޫލް އެތްލެޓިކްސް މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ސިޓީ ކައުންސިލުން އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ،

މި މުބާރާތުގައި 37 ސްކޫލުން ވާދަކުރާއިރު ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ މިމުބާރާތައް 3000 އަށް ވުރެ ގިނަ މީހުން އެރަށަށް ޒިޔާރަތް ކުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އިންޓަރ ސްކޫލް އެތްލެޓިކްސް މީޓް ކުރިއަށް ދަނީ 2023 ފެބުރުއަރީ 5 އިން 10ގެ ނިޔަލަށެވެ،

ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ ފުވައްމުލައް ސިޓީ އަކީ ރީތި، ސާފުތާހިރު އަދި ރަށަށް ޒިޔާރަތްކުރާ މެހުމާނުންނަށް ހިތްހަމަޖެހުމާއި، އުފާވެރިކަން ލިބިދޭ ސިޓީ އެއްގެ ގޮތުގައި ބޭއްވުމަށް ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަމަށެވެ. “ގޭގެ ގޯތިތެރެއާއި، މަގުތަކާއި، މަގުފާރުތައް ރީތިކޮށް ކުލަލައި، ގޭގެ ނަންބޯޑުތައް ހަރުކޮށް ޒީނަތްތެރިކުރުމަށް އިލްތިމާސްކުރަން” ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.