English Edition
Dhivehi Edition

އިންޑިއާގެ ރިހެބިލިޓޭޝަން ސެންޓަރެއްގައި ހުއްޓައި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުން ކުރަން ފަށައިފިއެވެ،

ފުލުހުން ގެއްލިގެން ހޯދަމުންދަނީ ހދ. ކުޅުދުއްފުއްޓަށް އަބްދުﷲ އާލިމް(37އ)ވެ.

މިއަދު ފުލުހުން ބުނީ އިންޑިއާގެ ރިހެބްއިން ދިވެއްސަކު ގެއްލިފައިވާ ކަމަށް އާއިލާއިން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އާއިލާއިން އޭނާ ގެއްލިގެން ހޯދަން ފެށީ މިދިޔަ މަހުގެ އަށްވަނަ ދުވަހުއެވެ. ފުލުހުން ބުނީ އެ މައުލޫމާތު ކަމާ ގުޅުން ހުރި އިދާރާތަކާއި ހިއްސާކޮށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

އާލިމް ގެއްލިގެން އިންޑިއާ ފުލުހަށް ވެސް އާއިލާއިން ވަނީ މައްސަލަ ހުށަހަޅާފައެވެ.