English Edition
Dhivehi Edition

ތެޔޮ ބޯޓުން ގެއްލުނު ދެ މީހުން ހޯދަން މާލެތެރެ ބެލުމުގެ މަސައްކަތް ފަށައިފިއެވެ.

ވިލިމާލެއިން ތެޔޮ ބޯޓެއްގައި ފުރި ފަހުން ގެއްލިގެން ހޯދަމުންދަނީ ގދ. ތިނަދޫ މަނާރު، މުހަންމަދު ނިޒާމް 45، އާއި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ލިޓަން 35، އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޯސްޓްގާޑާއި މެރިން ޕޮލިސް ގުޅިގެން އެ ދެ މީހުން ހޯދުމުގެ މަސައްކަތް ކަނޑުމަތީގައި ކުރަމުން އަންނަ ކަމަށެވެ. އަދި، އެ މީހުން ހޯދުމަށް މާލެތެރެ ވެސް ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ޑިސެމްބަރު 28 ވަނަ ދުވަހުގެ ރޭ ވިލިމާލެއިން ތެޔޮ ބޯޓެއްގައި ފުރި ދެ މީހެއްގެ ޚަބަރެއް ނުވެގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނައިރު އެ ދެމީހުން ހޯދުމަށް ރަށުތެރެ ބަލަމުންދާ ސަބަބައް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.