English Edition
Dhivehi Edition

ވ. އަތޮޅު ކަނޑުން އިންސާނެއްގެ ހަށިގަނޑެއް ފެނިއްޖެއެވެ.

ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނީ ވ. އަތޮޅު ވެމްޕަރުފަޅު، ހުޅަނގު އުތުރު ކަނޑުން އިންސާނެއްގެ ހަށިގަނޑު ފެނިފައިވާކަމަށެވެ. މި ހަށިގަނޑު ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 09:03 ގައި ކަމަށެވެ.

އިތުރަށް ފުލުހުން ބުނީ އެ ހަށިގަނޑު ފުލުހުންގެ ލޯންޗަށް ނަގާފައިވާކަމަށާއި މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.