English Edition
Dhivehi Edition

ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނަލްޑޯ އެންމެފަހުން ސައޫދީ އަރަބިރާގެ އަލް ނަސްރަށް ބަދަލުވެއްޖެއެވެ. ނިމިގެން ދިޔަ ހުކުރު ދުވަހު އަލް ނަޞްރަށް ރޮނާލްޑޯ ބަދަލުވި ކަމަށް ބުނާއިރު، އޭނާ އެކްލަބަށް ސޮއިކުރިކަން އަލް ނަޞްރުން ވަނީ ކަށަވަރުކޮށްދީފައެވެ.

ރޮނާލްޑޯ އަލް ނަސްރަށް ސޮއިކުރީ ދެ އަހަރާއި ބައިގެ އެއްބަސްވުމެއްގެ ދަށުން 2025 ގެ ނިޔަލަށެވެ. އެހެން ކަމުން 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ރޮނާލްޑޯ އެ ކުލަބުގައި މަޑުކުރާނެއެވެ.

ރިޕޯޓްތައް ބުނާގޮތުން ރޮނަލްޑޯ އެކްލަބަށް ސޮއިކުރީ ފުޓްބޯޅަ ތާރީޚުގައިވެސް އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާގެ ގޮތުގައެވެ. ރޮނަލްޑޯގެ މުސާރަ އަހަރަކު 214 މިލިއަން ޑޮލަރަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. އަލް ނަސްރަށް ސޮއިކުރުމަށްފަހު 37 އަހަރުގެ ރޮނަލްޑޯ ބުނީ އާ ގައުމެއްގެ އާލީގެއްގައި ތަޖުރިބާކުރަން ލިބުމަކީ އުފާކުރާ ކަމެއް ކަމަށާއި އަދި އެކަމަށް ވަރަށް ރަނގަޅަށް ތައްޔާރަށް ހުރިކަމަށެވެ.

ރޮނާލްދޯ ބުނީ އޭނާގެ ކެރިއަރުގައި ޔޫރަޕުގައ ހޭދަކުރި 21 އަހަރުގެ ތެރޭގައި ހުރިހާ ކާމިޔާބީއެއް ލިބިއްޖެ ކަމަށާއި, މިއީ އޭޝިޔާގައި ތަޖުރިބާކުރަން އެންމެ ރަނގަޅު ވަގުތުކަމަށް ދެކޭކަމަށް ރޮނަލްޑޯ ބުނެފައިވެއެވެ.

ނުވަ ފަހަރު ސައުދީ ޕްރޯ ލީގު ކާމިޔާބުކޮށްފައިވާ އަލް ނަސްރުން ދެކެނީ ރޮނަލްޑޯ އެކްލަބަށް ސޮއިކުރުމަކީ ތާރީޚު ބަދަލުކޮށްލުން ކަމަށެވެ. އަދި މިއީ އެކްލަބާއި, އެގައުމާއި, އެގައުމުގެ ކުރިމަގަށް ނިކުންނަން ތިބި ކުޅުންތެރިންނަށްވެސް ހިތްވަރެއްކަމަށެވެ.

މީގެކުރިން ސައުދީގެ އަލްހިލާލްގެ ހުށަހެޅުމެއް ވެސް ރޮނާލްދޯއަށް ލިބުނެވެ. ނަމަވެސް އޭރު އޭނާ ޔުނައިތެޑުގައި މަޑުކުރަން ބޭނުން ވުމުން އެ ހުށައެޅުން ގަބޫލު ނުކިރިއެވެ. އެކަމަކު ޔުނައިޓެޑާ އެކު މައްސަލަޖެހި ވަރލްޑްކަޕް ފެށެން ގާތް ވެފައިވަނިކޮށް, ރޮނާލްޑޯ ވަނީ ޔުނައިޓެޑުގެ އެއްބަސްވުން ނިމުމަކަށް ގެނެސްފައެވެ. އޭގެ ފަހުން އޭނާ ހުރީ ފްރީ އެއޖެންޓެއްގެ ގޮތުގައެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުން އޭސިއާގެ ގިނަ ކުލަބުތަކަކުން ރޮނާލްޑޯ ހޯދުމަށް މަސައްކަތް ކުރިއެވެ. އޭގެތެރޭގައި ގަތަރުގެ ބައެއް ކުލަބުތަކާއި ސައުދީ އަރަބިއާގެ ބައެއް ކުލަބުތައް ހިނެއެވެ. ނަމަވެސް ރޮނާލްޑޯ އާއެކޭ ބުނެ އޭނާގެ މިޝްރާބު އޭޝިއާއާއި ދިމާއަށް ބަދަލުކޮށްލީ ޔޫރަޕް ފުޓްބޯޅައިގެ ރަނގަޅު ކުލަބެއް ނުލިބުމުން ކަމަށް ރިޕޯޓުތައް ބުނެއެފެ.