English Edition
Dhivehi Edition

ފިލްމީ ބަތަލާ ތޫނީޝާ ޝަރުމާގެ މަރުގެ މައްސަލައިގައި އޭނާގެ ކުރީގެ ލޯބިވެރިޔާ ޝީޒަން މުހަންމަދު ހާން ހައްޔަރުކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ތޫނީޝާ މަރުވެފައި ހުއްޓާ ފެނުނީ މިހާރު އޭނާ މަސައްކަތްކުރާ ފިލްމު ސެޓުގެ ފާހާނާއެއްގެ ތެރެއިންނެވެ. ބޭރުގެ މީޑީއާތަކުން ބުނީ އޭނާ މަރުވެފައި ހުއްޓާ ފެނުނީ އެ ފިލްމު ސެޓުގައި ޝީޒަން އަށް ހާއްސަކޮށްފައި ހުރި ކޮޓަރީގެ ފާހާނަ ތެރެއިންނެވެ، އެ ދެ ތަރިން އެކުގައި ފެނިގެންދާ ފިލްމުގެ މަސައްކަތުގެ ދެ ތަރިންވެސް ވަރަށް ބުރަކޮށް އުޅެފައިވާއިރު މީޑިއާތަކުން ބުނީ އެ ދެމީހުން ރުޅިވިތާ އަދި ވާނީ 15 ވަރަކަށް ދުވަސްކަމަށެވެ،

ތޫނީޝާގެ އާއިލާ އާއި ހަވާލާދީ ބޭރުގެ މީޑިއާތަކުން ބުނީ ދެ މީހުން ވަކިވުމަށްފަހު ވެސް ޝީޒަންގެ ފަރާތުން ތޫނީޝާއަށް އުދަގޫތަކާއި ކުރިމަތިވެފައިވާކަމަށެވެ. އަދި އެކަމުގެ ޝަކުވާތައް އޭނާ އާއިލާ އާއިވެސް ކޮށްފައިވާކަމަށް ތޫނީޝާގެ އާއިލާއިން ވަނީ ބުނެފައެވެ. ތޫނީޝާ މަރުވުމާއި ގުޅިގެން އޭނާގެ އާއިލާއިން ޝީޒަންގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާއިރު މިހާރު އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މީގެ އިތުރުން ފުލުހުން އަންނަނީ ތޫނީޝާ މަރުވީ އަމިއްލައަށް ތޯ ބެލުމަށް ވަރުގަަދަ ތަހުގީގެއް ހިންގަމުންނެވެ.