ރާއްޖޭގެ އެތައްބަޔަކު ދުވުމަށް ޝައުޤުވެރިކޮށް އެކަމުގެ ތެރެއިން މަޖާ މާހައުލެއް އުފައްދައިދިން އުރީދޫ “ކަލަރ ރަން” އައު ކަންތައްތަކާއެކު “އުރީދޫ ފަން ރަން”ގެ ނަމުގައި ބާއްވައިފިއެވެ. މިދިޔަ ހުކުރު ދުވަހު، 5000 އަށް ވުރެ ގިނަ ދުވުންތެރިންނާއެކު މިދުވުން ވަނީ ނިންމާލާފައެވެ.
ފޯރިގަދަ އުރީދޫ ކަލަ ރަންގައި ފެނިގެން ދާ ކުލަ ޖެހުމުގެ ޙަރަކާތާއެކު މަޖާއެތައް ކަމެއް ހިމެނޭ އިންފްލޭޓަބަލް އޮބްސްޓެކްލްސް ގެ އިތުރުން ރަން ނިންމާ ބައިވެރިން ފެނާއެކު ފޯމް ޕާޓީއަކުން 5 ކިލޯމީޓަރު ހަމަ ކުރުމުގެ އުފާ ލިބިގެންފައިވެއެވެ.
މި ދުވުން ފެށިފައިވަނީ ނައިބު ރައީސް ފައިސަލް ނަސީމާއި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، އާމިނަތު ޝައުނާ އާއި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ އަދި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް، ފަން ރަންގެ ދުވުންތެރިންނާއެކު ނެގި ސެލްފީއަކުންނެވެ.
އުރީދޫގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ ފަން ރަން އަކީ 2022 ވަނަ އަހަރަށް ވަރަށް ފުރިހަމަ ނިމުމެއް ކަމަށެވެ.
“ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މި ފަން ރަން އަކީ އަހަރު ނިމުމަކަށް ގެނެސް، އަޅުގަނޑުމެންގެ މުޖުތަމައުތަކާ އެކު މަޖާ އަދި އުފާވެރި ވަގުތު ކޮޅެއް ހޭދަ ކޮށްލުމަށް ބާއްވާ ދުވުމެކެވެ. މިއަހަރުގެ ދުވުމަކީ ޕެންޑެމިކަށްފަހު އުރީދޫ މޯލްޑިވްސްއިން ބޭއްވި ފުރަތަމަ ފިޒިކަލް ރަން ކަމަށް ވީ އިރު ބައިވެރިންގެ ފަރާތުން ލިބުނު ތަރުހީބާއި ފެނުނު އުފާވެރިކަމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،” އޭނާ ވިދާޅުވި އެވެ.
އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވައިދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. މި ހަރަކާތަކީ މަޖާ 5ކޭ އެއްގެ ގޮތުގައި އާ އަދި ތަޖުރިބާކާރު ދުވުންތެރިންނަށް ވެސް މި އުފަލުގައި ބައިވެރިވުމަށް މަރުހަބާ ކިޔާ ހަރަކާތެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.
ކޮންމެ ކިލޯމީޓަރެއް ދުވުމުން ކުލަޖަހާ ތަފާތު ފަން ސްޓޭޝަންތަކާއި އެކު ދުވުން ނިންމާލައިފައި ވަނީ ވޯޓާ ފައުންޓޭނަކާއި ފޯމް ޕާޓީއަކުންނެވެ. އުރީދޫ ފަން ރަންގެ ބައިވެރިންގެތެރެއިން ދުވުން ނިންމާލާފަރާތްތަކަށް ބޭއްވި ފޯމް ޕާޓީއާއެކު ސޯޝަލް މީޑިއާގައި ވަނީ ރަންގެ މެޑަލްތަކާއި އުފާފާޅުކުރުމުގެ ހިތްގައިމު ފޮޓޯތަކުން ފުރިފަ އެވެ.
އުރީދޫ ފަން ރަންގެ ދެވަނަ އެޑިޝަން އަންނަ އަހަރު ބޭއްވުމުގެ އިތުރުން ކުރިއަށް އޮތް އަހަރުތަކުގައި މި ދުވުން ރާއްޖޭގެ ސަރަޙައްދުތަކަށް ފުޅާކޮށް، މި މަޖާ ހަރަކާތުގައި ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނޭކަމުގެ ޔަގީންކަން އުރީދޫއިން އަރުވަ އެވެ.