މި މަހުގެ 17 އިން 23 އަށް އައްޑޫގައި ބާއްވުމަށް ހަމަޖެހިފައިވާ އިންޓެގްރިޓީ ފެސްޓިވަލްގެ ތެރެއިން ބާއްވާ ތިއެޓަރ ފޯރަމްއަށް ތަމްސީލު ޑައިރެކްޓަރ ކުރާނެ ފަރާތެއް ހޯދުމަށް އިސީސީ އިން އިއުލާންކޮށްފިއެވެ
އޭސީސީ އިން ދޭ ވާހަކައަކަށް ތަމްސީލު ތައްޔާރުކޮށް، ހުށަހެޅުމުގެ ފުރުސަތު އައްޑޫ ސިޓީގައި ހަރަކާތްތެރިވާ ޖަމއްޢިއްޔާ ޖަމާއަތްތަކާއި، ސްކޫލްތަކުގެ ބެލެނިވެރިންގެ ޖަމްއިއްޔާތަކާއި އަދި އަމިއްލަ ފަރުދުނަންށްވެސް ވަނީ ހުޅުވާލާފައެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 12 ނޮވެމްބަރު ވާ އާދިއްތަދުވަހުގެ 14:00 ގެ ކުރިން ޕްރޮޕޯޒަލް ހުށެހެޅުމަށް އެސީސީ އިންވަނީ އެދިފައެވެ.
އޭސީސީން ކުރި އިއުލާނުގައި ބުނެފައިވާ ތަމްސީލު ޑައިރެކްޓަރ ގެ ޒިންމާއަކީ ތަމްސީލަށް ބޭނުންވާ ވާހަކައަށް އެކަށީގެންވާ އަދަދަށް ބައިވެރިން ހޯދުމާއި ސްޓޭޖް ތައްޔާރުކުރުމުގެ އިތުރުން 19 ނޮވެމްބަރު އާދިއްތަ ދުވަހު ތަމްސީލި އާންމުންނަށް ދެއްކޭވަރަށް ތައްޔާރުކުރުން ކަމުގައެވެ. މި ހަރަކާތައް ޖުމްލަ 6000 ރުފިޔާ ކަޑައަޅާފައިވާއިރު މަސައްކަތް ހަވާލުކުރާ ވަގުތު އަގުގެ ދެބައި ކުޅެ އެއްބައި ދިނުމަށް ހަމަޖެހިފައިވާ އިރު ބާކީ ފައިސާ ހަވާލުކުރުމަށް ނިންމާފައިވަނީ މަސައްކަތް ނިމުމުން ކަމުގައި އޭސީސީގެ އިއުލާންގައި ވަނީ ބުނެފައެވެ.