English Edition
Dhivehi Edition

ހިންދީ ލަވަތަކަކީ އަބަދުވެސް ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ލަވަތަކެވެ. ދިވެހި ލަވަތައް އަޑުނާހާ މީހުންވެސް ހިންދީ ލަވަތައް އަޑުއެހުމަށް ޝައުގުވެރިކަން ދެއެވެ. ދިވެހިންގެ މެދުގައި ޒަމާނުއްސުރެ ހިންދީ ލަވަތައް މަގުބޫލުވެގެން ގޮސްފައިވަނީ އެ ލަވަތަކުގެ މިއުޒިކާއި އެއްވަރަށް، ލަވައިގެ މާނަ ރީތިވުމުން ކަމަށްވެސް ވެދާނެއެވެ.

މި ގޮތުން 2022 ވަނަ އަހަރަކީވެސް ގިނަ ބައެއްގެ ހިތްތަކާއި ކުޅެލި ގިނަ ލަވަތައް ރިލީޒްވެގެން ދިޔަ އަހަރެކެވެ.

  • މަނިކޭ މަގޭ ހިތޭ: ސިންހަޅަ ބަހުން ކިޔާފައިވާ “މަނިކޭ މަގޭ ހިތޭ”ގެ ހިންދީ ވަރޝަން ކިޔާފައިވަނީ ޔޮހާނީއާއި މިހާރު އިންޑިއާގައި އަރަމުން އަންނަ ތަރި ޖުބިން ނައުޓިޔަލާއި ސޫރިޔާ ރަގުންނަތާނެވެ. ލަވައިގެ ވީޑިއޯއިން ފެނިގެންދާނީ ނޯރާ ފަތޭހީއާއި ސިދާތު މަލޯތްރާއެވެ. މި ލަވައަށް މިހާތަނަށް ވަނީ 115 މިލިއަނަށް ވުރެ ގިނަ ވިއުސްއެވެ. .

  • ކޭސަރިޔާ : ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓް އެކުގައި ފެނިގެން ދިޔަ ކޭސަރިޔާ އަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލުވެގެން ދިޔަ ލަވައެކެވެ.
  • “ބްރަހްމަސްތުރާ” ގެ މި ލަވަ ރިލީޒްކުރިތާ މާގިނަ އިރުތަކެއް ނުވަނީސް 2.6 މިލއަން ވިއުސް ވަނީ ލިބިފައެވެ. މި ލަވައަށް ވަނީ 320 މިލިއަނަށް ވުރެ ގިނަ ވިއުސްއެވެ.

  • ގެހެރާއިޔާ: ދީޕިކާ ޕަދުކޯންގެ ފިލްމު ‘ގެހެރާއިޔާ’ ގެ ތީމް ލަވަ ‘ގެހެރާއިޔާ’ އަކީވެސް ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދި ލަވައެވެ. މި ލަވައަށް ވަނީ 34 މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައެވެ.

  • ރަންގީސާރީ: ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދިން “ޖުގްޖުގް ޖިއޯ” ގެ ރަންގީސާރީ އަކީވެސް ބޮޑު މަގުބޫލުކަމެއް ހޯދި ލަވައެކެވެ. ވަރުން ދަވަނާއި ކިއާރާ އަދުވާނީގެ ހުނަރު ފެނިގެންދާ މި ލަވައަށް 85 މިލިއަނަށް ވުރެ ގިނަ ވިއުސްއެވެ.

  • ޔޭ އެކް ޒިންދަގީ: މޮނިކާ، އޯ މައި ޑާލިންގ ގެ ‘ޔޭ އެކް ޒިންދަގީ އަކީ ލަވައިގެ އިތުރުން އެ ލަވައިގެ މިއުޒިކްވެސް އެހާ ފުރިހަމަ ލަވައެކެވެ. މި ލަވައަށް ވަނީ 3 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައެވެ.

މި ލަވަތަކުގެ އިތުރުންވެސް ގެހެރާއިޔާގެ ‘ޑޫބޭ’ ޖުގް ޖުގް ޖިއޯ ގެ ‘ ދި ޕަންޖާބަން ސޯންގް، ގަންގޫ ބާއީ ކާޓިޔާވާޅީގެ ‘މެރީ ޖާން’ އަކީ ފާހަގަކޮށްލެވޭ ލަވަތަކެވެ.