English Edition
Dhivehi Edition
ދިރާގު ހެޑް އޮފީސް - ފޮޓޯ: ގެޑޯރ ކޮންސަލްޓިންގ

ދިރާގުން މުޅިން އައު ފައިބަރ އަންލިމިޓެޑް ހޯމް އިންޓަނެޓް ޕެކޭޖަތަކެއް ތަޢާރަފްކޮށްފިއެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދިރާގުގެ މެނޭޖަރު ކޮންސިއުމަރ ޕޯސްޓްޕެއިޑް އެފް.ބީ.ބީ، ޖަނާ އިބްރާހިމް ވިދާޅުވީ ކަސްޓަމަރުންގެ ބޭނުންތަކައި އެއްގޮތަށް ޕްރޮޑަކްޓް ޕޯޓްފޯލިއޯ ފަރުމާކޮށް، އެ ފަރާތްތަކުގެ ޑިޖިޓަލް ތަޖުރިބާ މުއްސަނދި ކުރުމަށް އިތުރު ވެލިއު އޮޕްޝަންތައް ފޯރުކޮށްދިނުމަށް އަބަދުވެސް ދަނީ މަސައްކަތް ކުރަމުން ކަމަށެވެ. އަދި މި ފައިބަރ އަންލިމިޓެޑް ޕެކޭޖްތަކާއެކު ކަސްޓަމަރުންގެ އިތުރުވަމުންދާ ޑިޖިޓަލް ބޭނުންތަކަށް އެންމެ ހަލުވި ސްޕީޑްގައި އަންލިމިޓަޑް ހޯމް އިންޓަނެޓް ތަޖުރިބާކޮށްލެވޭނެ ކަމަށެވެ.

ދިރާގު ފައިބަރ އަންލިމިޓެޑްގެ ދެ ޕެކޭޖެއް ތަޢާރަފްކޮށްފައިވާއިރު، އެއީ ފައިބަރ 50އެމް އަންލިމިޓެޑް ޕެކޭޖް، 1490 ރުފިޔާއަށް އަދި ފައިބަރ 100އެމް އަންލިމިޓެޑް ޕެކޭޖް 2800 ރުފިޔާ އަށެވެ.

ފައިބަރ 50އެމް ޕެކޭޖަށް ސަބްސްކްރައިބްކޮށްފައިވާ ކަސްޓަމަރުން މިހާރުވާނީ އެއްވެސް އިތުރު ޚަރަދަކާއި ނުލައި ފައިބަރ 50އެމް އަންލިމިޓެޑް ޕެކޭޖަށް އަޕްގްރޭޑްކުރެވިފަ އެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ހިލޭ ފައިބަރ ގުޅައިދިނުމުގެ އިތުރުން ފައިބަރ އަށް ބޭނުންވާ ޚާއްސަ ރައުޓަރ ނުވަތަ އޯ.އެން.ޓީ ވެސް ޑިސެންބަރު 2022 ގެ ނިޔަލަށް ހިލޭ ލިބިގެންދާނެ އެވެ. އަދި އަލަށް ދިރާގު ފައިބަރ އަންލިމިޓެޑްއަށް އެޕްލައިކުރަން ބޭނުންވާ ފަރާތްތަކަށް ދިރާގު މައިއެކައުންޓް ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު އެޕްލައިކޮށްލެވޭނެ އެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބަރ ނެޓްވޯކްއެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 85 އިންސައްތައަށް މި ޚިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 102 ރަށެއް ހިމެނެ އެވެ.