English Edition
Dhivehi Edition

އައްޑޫސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ފެނަކައިން އައްޑުއަށް ގެނެސްފައިވާ 2 މެގަވޯޓުގެ ދެ ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެކުންފުނީގެ މެނޭޖިންޑިރެކްޓަރ އަހުމަދު ޝަރީފް އާދަމް ވިދާޅުވީ ތާވަލާ އެއްގޮތަށް އެ މަސައްކަތް ކުރިއަށްދާ ކަމަށްވާނަމަ ޑިސެންބަރު މަހުގެ 10ވަނަ ދުވަހު އެ 2 އިންޖީނުން ކަރަންޓުދެވޭނެ ކަމަށް ލަފާކުރައްވާ ކަމަށެވެ. އިންޖީންތައް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުންދަނީ ޗައިނާގެ ސަޕްލަޔަރެވެ.

ޝަރީފް ވިދާޅުވީ މި ދެ އިންޖީނުން ކަރަންޓުދޭން ފެށުމުން އިންޖީން ތަކަށް ލޯޑު ބޮޑުވެގެން ކަރަންޓެއް ނުކެނޑޭނެ ކަމަށެވެ. “އޭރުން އަބަދުވެސް ދެ ޖެންސެޓް އެކްސެސްކޮށް ބެކަޕްގައި ހުންނާނެ،” ޝަރީފް ވިދާޅުވިއެވެ.

ވަރަށް ފަހުންވެސް އައްޑޫސިޓީއަށްވަނީ ކައިރިކައިރީގައި ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވެފައިވެފައެވެ. އެކަން ވަގުތީ ގޮތުން ހައްލުކޮށްފައިވަނީ ގދ. ތިނަދޫގައި ހުރި ދެ ޖެނެރޭޓަރު އައްޑުއަށް ގެނެސްގެންނެވެ.