English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ސަމަރުބުލޫ އިބްރާހިމް މަނިކު މިއަދު އަވަހާރަ ވެއްޖެ އެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި އެ މަނިކުފާނި އަވަހާރަވީ އިންޑިއާ ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އުރުމުން 72 އަހަރުގަ އެވެ. އަވަހާރަވިއިރު ތިން ދަރިން ދުނިޔޭގައި އެބަތިއްބެވެ. އޭނާގެ އަނބިކަނބަލުން ފަރީޝާ އިބްރާހީމް ވަނީ ދެތިން އަހަރު ކުރިން އަވަހާރަވެފަ އެވެ.

ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާފައިވާ ސަމަރުބްލޫ އިބްރާހީމް މަނިކު ވަނީ އިންފޮމޭޝަން މިނިސްޓަރު ކަން ވެސް ކުރައްވާފަ އެވެ.

ސަމަރުބުލޫ އިބްރާހިމް މަނިކު ވަނީ 1974 އިން ފެށިގެން 2006 އާ ހަމައަށް ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި ވަރަށް އަގުނުކުރެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާއިރު، އެ ދާއިރާއަށް ގިނަ ބަޔަކު ނެރެދެއްވާފައިވެސް ވެއެވެ.

އެމަނިކުފާނުގެ ޚިދުމަތްތަކުގެ އަގުވަޒަންކުރައްވާ ބްރޯޑްކާސްޓިންގ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އަރުވާފަ އެވެ.

މި އެވޯޑު އަރުވާފައިވަނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފުރަތަމަ ފަހަރަށް ބޭއްވި “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2022” ޙަފްލާގަ އެވެ.