English Edition
Dhivehi Edition
ރިޗާ

އިންޑާގެ ސިފައިންނަށް މުހާތަބުކޮށް ޕާކިސްތަނަށް ސަޕޯޓުކުރާ މީހަކު ކުރި ޓްވީޓެއް ރިޓުވީޓް ކޮށް ރީޗާ ޗާދާ ދެއްކި ވާހަކަތަކުން ބޮލީވުޑްގެ މަޝްހޫރު ބައެއް ތަރިން ރަތައް އަރައި ނުރުހުން ފާޅުކޮށްފިއެވެ.

ރިޗާ ކުރި ޓުވީޓުގައި ބުނެފައިވަނީ ހަމައެކަނި “ގަލްވާން ސޭސް ހައި” އެކަނި އެވެ. އޭނާ ރީ ޓްވީޓުކުރި ޓުވީޓުގައި ބުނެފައިވަނީ “ޕާކިސްތާނު އަތުން ކަޝްމީރު ހިފަން ތައްޔާރަށް ތިބި” ކަމަށެވެ. ރިޗާގެ ޓުވީޓުގައި އެ ފާހަގަކޮށްފައިވަނީ ގަލްވަން ކޯރު ކައިރީގައި 2020 ވަނަ އަހަރު ހިނގާ ދިޔަ ހަމަނުޖެހުންތަކަށެވެ. ރިޗާ މި ޓުވިޓް ކުރީ ކޮން މަގްސަދެއްގައި ކަން ސީދާ ހާމަކޮށްފައި ނުވިނަމަވެސް އެންމެ ފަހުން އޭނާ ވަނީ މި ޓުވިޓާއެކު ހޫނު ފެނަށް ވެއްޓިފައެވެ.

ރިޗާ ކުރި ޓްވީޓް އަދި އޭނާ މައާފަށް އެދުމަށް ކުރި ޕޯސްޓު

ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވުމާއި ގުޅިގެން އެންމެ ފަހު ރިޗާ ވަނީ އެއީ އޭނާއަށް އޮޅިގެން ކުރެވުނު ޓްވީޓެއް ކަމަށާއި އެކަމަށް މައާފަށް އެދޭކަމަށް ބުނެފައެވެ.

ނަމަވެސް އަކްޝޭ ކުމާރު ބުނެފައިވަނީ ރިޗާ ގެ އަމަލު ބަލައި ނުގަނެވޭނެ ކަމަށެވެ. އަދި އޫމަން ޕާ ބުނެފައިވަނީ އެޢީ “ލަދުވެތި އަމަލެއް” ކަމަށެވެ. މި ތަރިންގެ އިތުރުންވެސް ބޮލީވުޑުގެ ބޮޑެތި ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން އަންނަނީ ރިޗާ އަށް ފާޑު ކިޔަމުންނެވެ.