English Edition
Dhivehi Edition

ދުނިޔޭގެ ރިކޯޑްސް ފޮތުން ޖާގަ ހޯދުމަކީ ބައެއް މީހުން ވަރަށް ކުރާހިތްވާ ކަމެކެވެ. އަދި އެފަދަ ރިކޯޑެއް ލިބިއްޖެ ނަމަ ދެވަނަ ރިކޯޑެއް ހެދުން ނުވަތަ އެރިކޯޑް ދެމެހެއްޓުންވެސް އެއީ ކުރާކަމެކެވެ. އެގޮތުން އިންޑިއާގެ މުމްބާއީގައި މިވަނީ އަނެއްކާވެސް އާދަޔާ ޚިލާފް އާ ރިކޯޑެއް ހަދާފައެވެ. މިރިކޯޑް ހެދުމުގެ ގޮތުން މުމްބާއީގެ 1007 ރައްޔިތުން ވަނީ 150 މީޓަރަށް އެއްފަހަރާ ފަހަތަށް ދުވެފައެވެ. އަދި މިދުވުން ވަނީ އެންމެ ގިނަ ބަޔަކު އެއްފަހަރާ ފަހަތަށް ދުވުމުގެ ދުނިޔޭގެ ރިކޯޑްގެ ގޮތުގައި ދުނިޔޭގެ ރެކޯޑް އެކަޑަމީ އިން ބަލައިގަނެފައެވެ. މި އިވެންޓް އިންތިޒާމް ކުރި ފަރާތުން އަންދާޒާ ކުރި ގޮތުގައި 600 މީހުން ބައިވެރިވާނެކަމަށް ބެލެވިފައި ވީނަމަވެސް، އީވެންޓްގައި 1000 މީހުންނަ ވުރެ ގިނަ މީހުން ބައިވެރިވުމުން އެފަރާތަށްވެސް ކުއްލި ހައިރާންކަމެއް ލިބުނުކަމަށް ބުނެފައިވެއެވެ . އިންޑިޔާގެ ބެވަރޭޖް ކުންފުންޏަކުން އިމްތިޒާމްކުރި މި އިވެންޓާއި ބެހޭގޮތުން އެކުންފުނީގެ ފައުންޑަރ ހާރިޝް މޯހަން މީޑިއާތަކާއި ވާހަކަ ދައްކަމުން ބުނެފައިވަނީ ‘ދުނިޔޭގެ ރިކޯޑެއް ހެދުމަށް ވިސްނަމުންދާތާ ދުވަސްކޮޅެއް ވެފައިވާކަމަށާއި، ނަމަވެސް މިހާގިނަ އަދަދެއެްގެ ބަޔަކު ބައިވެރިވާނެކަމަށް އުންމީދު ނުކުރާކަމަށެވެ’. ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އިންޑިއާއިން އިން މިފަދަ އިވެންޓެއް ބޭއްވުމުގެ މަގުސަދަކީ ފަހަތަށް ދުވުމުގެ ފައިދާ ގިނަބަޔަކަށް އަންގައި ދިނުން ކަމަށް ވެއެވެ. އެގޮތުން ފަހަތަށް ދުވުމުގެ ސަބަބުން ލިބޭ ފައިދާ ތަކުގެ ތެރޭގައި ‘މަސަލް ބެލެންސިން’ ރަނގަޅުކުރުމާއި، ކެލަރީސް ބާން ކުރުމުގެ އިތުރުން މީހާގެ ހަށިގަނޑު ރީތިކޮށް ތެދަށް ބެހެއްޓުމަށް އެހީތެރިވުމާއި، އެންމެ ރަނގަޅު ގޮތުގައި ހިއްސުތައް ބޭނުންކުރުމަށް އެހީތެރިވުން ހިމެނެއެވެ. މިރިކޯޑް މީގެ ކުރިން އޮތީ 133 މީޓަރަށް 571 މީހުން ދުވެގެން ޖަރުމަނުގެ ރައްޔިތުންގެ އަތުގައެވެ.