English Edition
Dhivehi Edition

ފާއިތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގައި ޑްރަގް ރީހެބިލިޓޭޝަން އަދި ޑިޓޮކްސިފިކޭޝަން ފަރުވާ ދެވޭ ސެންޓަރުތަކުގެ ޖާގަ އިތުރު ކުރެވިފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މި ދައުރުގައި ޑްރަގް ރީހެބިލިޓޭޝަން އަދި ޑިޓޮކްސިފިކޭޝަން ސެންޓަރުތަކުގެ ކެޕޭސިޓީ ވަނީ 220 އަށް އިތުރުކުރެވިފައެވެ،

މި ގޮތުން އައްޑޫ ސިޓީ ހުޅުދޫގައި 60 މީހުންގެ ޖާގައިގެ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ރިހިބިލިޓޭޝަން ސެންޓަރެއް ހުޅުވާފައިވާއިރު ގދ. ތިނަދޫގައި ވަނީ 31 މީހުންގެ ޖާގައިގެ ސެންޓަރެއް ހުޅުވާފައެވެ. އަދި ގއ.ވިލިގިނލީގައި 15 މީހުންގެ ކެޕޭސިޓީގެ ތަނެއް ވަނީ ހުޅުވާފައެވެ.

މީގެ އިތުރުން ހއ.ހަނިމާދޫގައި 14 މީހުންގެ ކެޕޭސީޓީގެ ތަނެއް ހުޅުވާފައިވާއިރު ކ.ގުޅީގައި ވަނީ 100 މީހުންގެ ކެޕޭސިޓީގެ ތަނެއް ހުޅުވާފައެވެ.

 

މާލެ އިން ބޭރުގައި ގާއިމުކުރި ފުރަތަމަ ރެސިޑެންޝަލް ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު ‘ވިލުނު’ އައްޑޫ ސިޓީ ހުޅުދޫގައި ހުޅުވުމުގެ ކުރިން، ރާއްޖޭގައި ރިހެބިލިޓޭޝަން ފަރުވާ ދެމުން ދިޔައީ ކ. ހިންމަފުށީގައި ހުންނަ ސެންޓަރުން އެކަންޏެވެ.