English Edition
Dhivehi Edition

އުރީދޫ މޯލްޑިވްސްއިން މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 213 އުރީދޫ ފޭން ޒޯން ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

ފޭން ޒޯންތައް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ އާޓިފިޝަލް ބީޗްގައި ބޭއްވި ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އެވެ.

އުރީދޫ އިން ބުނީ މި ރަސްމިއްޔާތުގައި ފޭން ޒޯންތައް ހެދުމުގައި އުރީދޫ އާއި ޕަރޓްނަރ ވެ ބައިވެރި ވި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ސީއީއޯ، މުފައްދަލް އިދްރީސް ކުމްރީ، މީޑިއާނެޓް ހެޑް އޮފް ވޯލްޑް ކަޕް ޕްރޮޖެކްޓް ޒިހުނީ ރަޝީދާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާންގެ އިތުރުން އުރީދޫ ފުޓްބޯލް ފޯރީ ކެމްޕެއިންގެ އެހެނިހެން ޕާޓްނަރުންވެސް ބައިވެރިވެވަޑައިގަތެވެ.

އުރީދޫ ފޭން ޒޯންތަކަކީ ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، އެކުވެރިންނާއި އާއިލާއާ އެކު މެޗުތަކާއި އެހެނިހެން ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މީޑިއާނެޓާއި މޯލްޑިވްސް އިސްލާމިކް ބޭންކާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އާއި މާލެ ސިޓީ ކައުންސިލާއި ރާއްޖޭގެ ބޮޑެތި ކެފޭތަކާއި ރަށު ކައުންސިލްތަކާއި ޒުވާނުން ބާރުވެރިކުރުވުމުގެ ޖަމިއްޔާޖަމާއަތްތަކާ ގުޅިގެން އުފައްދާފައިވާ ޒޯންތަކެ ކަމަށް އުރީދޫ އިން މައުލޫމާތުދެއެވެ.

އުރީދޫ އިން ބުނީ ފޭން ޒޯންތައް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި އުރީދޫ ފުޓްބޯލް ފޯރީގެ ރަސްމީ ލަވަ “އަރްހްބޯގެ ދިވެހި ވާޝަން” ލައިވްކޮށް އުރީދޫ މޯލްޑިވްސްގެ އެމްބެސެޑަރ ހަބޭސް ބޮޑުބެރު ވަނީ ހުށަހަޅައިދީފައެވެ.

އުރީދޫ ފޭން ޒޯންތަކުގެ އިތުރުން އުރީދޫ މޯލްޑިވްސްއިން ވަނީ ހާއްސަ އޮފަރ ތަކެއްވެސް ލޯންޗްކޮށްފައެވެ. މެޗުތައް ބަލާލުމަށް ވޯލްޑް ކަޕް ޕެކް މެދުވެރިކޮށް 100 ޖީބީ ޑޭޓާ ގެ އިތުރުން މީޑިއާނެޓް އެޕަށް ހިލޭ 30 ދުވަހުގެ ސަބްސްކްރިޕްޝަން އެންމެ 250 ރުފިޔާއަށް ލިބިވަޑައިގަންނަވާނެ ކަމަށް އުރީދޫ އިން ބުނެއެވެ. އަދި މީގެ އިތުރުން ދިވެހި އުފެއްދުމެއް ކަމަށްވާ ގޯލަރ އެޕް ގައި ހުޅުވާލެވިފައިވާ އުރީދޫ ފުޓްބޯލް ފޯރީ ލީގުގައި ބައިވެރިވެ، ސީ ގިއަރ އަދި ކްރޮސްރޯޑްސް މޯލްޑިވްސް އިން ހުށަހަޅާފައިވާ އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުޞަތުވެސްލިބިގެންދާނެ ކަމަށް އުރީދޫ އިން ބުނެއެވެ.

އުރީދޫ މޯލްޑިވްސްގެ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން އުރީދޫއިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ މުޖުތަމައުގެ ދިރިއުޅުން މުއްސަނދިކޮށް އިތުރު ފުރުސަތުތަކާއި ތަޖުރިބާ ފަހި ކޮށްދިނުމަށް ކަމަށް އުރިދޫ އިން މައުލޫމާތުދެއެވެ.

ފީފާ ވޯލްޑް ކަޕް ގަތަރު 2022 އަކީ އުފާވެރި އަދި ފޯރި ގަދަ ފުޓްބޯޅަ ފެސްޓިވަލަކަށް އުރީދޫ މޯލްޑިވްސް އިން ހުރިހާ ފަރާތްތަކަށް އެދެއެވެ.

 

 

ޓެގު