English Edition
Dhivehi Edition

އިންޑިއަގެ މަޝްހޫރު ފިލްމީތަރި އަބީޝޭކް ބަޗަން އަށް މީހުން ކިޔާ ފާޑުކިއުންތައް އޭނާ މޫނު ބަލާ ލޯގަނޑުގައި ނޯޓު ކުރަމުން ގެންދާކަމަށް އޭނާ ބުނެފިއެވެ.

އަބީޝޭކް ބުނީ އޭނާ ފާޑުކިއުންތައް ނޯޓު ކުރަނީ އޭނާގެ ބައްޕަ އަމީތާބް ބަޗަންގެ އެދުމަށް ކަމަށެވެ. އޭގެ ގެ ބޭނުމަކީ ފާޑުކިޔާ މީހުންގެ ވާހަކަތަކަކީ ދޮގެއްކަން ޔަގީންކޮށް ދިނުން ކަމަށް އަބީޝެކް ބުންޏެވެ.

އަބީޝޭކް ފިލްމީ އިންޑަސްޓްރީއަށް ނުކުތްތާ 20 އަހަރު ވެއްޖެއެވެ. މި މުއްދަތުގައި ކުރިމަތިވި ކަންކަން މީޑިއާއަށް ހިސްސާކުރަމުން އޭނާ ބުނެފައިވަނީ އެންމެ ފުރަތަމަ ފާޑުކިއުންތައް ނޯޓު ކުރަމުން ގެންދިޔައީ ފާހާނައި ހުންނަ ލޯގަނޑުގައި ކަމަށެވެ.

“އެ ފާޑުކިއުންތައް ލޯގަނޑުން ކިޔާފަ އޭރު ކޮންމެ ދުވަހަކު ބޭރަށް ވެސް ނުކުންނަނީ އެމީހުން އެ ދައްކާ ވާހަކައަކީ ތެދު ނޫންކަން ހާމަކޮށްދޭން,” އަބީޝޭކް ބުނެފައިވެއެވެ.

ބޮލީވުޑްގެ އެންމެ ގަދަރުވެރި އަދި ސީނިއަރު އެއް އެކްޓަރު ކަމަށްވާ އަމީތާބުގެ ދަރިފުޅު އަބީޝޭކް އަށް އޭނާގެ ބައްޕައާއި އަޅާ ބަލާއިރު ލިބުނު ކާމިޔާބީތައް އަދި މަދެވެ. އަދި އޭނާގެ ބައްޕަ ގޮތައް ބޮލީވުޑުގެ އެންމެ ގަދަރުވެރި ތަރިއަކަށް ވުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ.