English Edition
Dhivehi Edition
ފޮޓޯ: ޕީއެސްއެމް

“ނޫސްވެރިކަމުގެ އެވޯޑް 2021″ގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް ދައުރު ނޫހުގެ އެސިސްޓެންޓް އެޑިޓަރ އާމިނަތު ޝިފްލީން ހޯދައިފި އެވެ.

ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމުގައި ނޫސްވެރިން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް ހިތްވަރުދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުންދޭ އެވޯޑު ހަފުލާ ބާއްވާފައިވަނީ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި ރޭގަ އެވެ. މި ހަފުލާ ޝަރަފްވެރިކޮށްދެއްވީ މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އެވެ.

މިދިޔަ އަހަރުގެ އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑް ލިބުނީ “މިހާރު” ނޫހުގެ އާލިމް އަބްދުލްލަތީފަށެވެ. އޭނާއަށް މި އެވޯޑް ލިބުނީ “އަދަދު” ނޫހުގެ މުހައްމަދު އުސާމް އާއި “ދައުރު” ނޫހުގެ މަރިޔަމް އުމްނާ އިސްމާއީލާ ވާދަކޮށެވެ.

ރޭ ވަނީ ނައިޓްގައި ލައިފްޓައިމް އެޗީވްމަންޓް ނުވަތަ “ހަޔާތީ އަރުތަ” އެވޯޑް ވެސް ދެ ފަރާތަކަށް ދެއްވާފަ އެވެ. އެއީ ޑރ. އަލީ ރަފީގާއި މަޑުލު މުހައްމަދު ވަހީދަށެވެ.

ފޮޓޯ: ޕީއެސްއެމް

އެވޯޑް ލިބުނު ފަރާތްތަކާ ދާއިރާތައް:

އެންމެ މޮޅު ނޫސްވެރިޔާ، އާމިނަތު ޝިފްލީން – ދައުރު ނޫސް
އެންމެ އުންމީދީ ނޫސްވެރިޔާ، އާލިމް އަބްދުއްލަތީފް – މިހާރު ނޫސް
ދެމެހެއްޓެނިވި ތަރައްޤީއާއި އިޖުތިމާއީ ދާއިރާ، މުޙައްމަދު ހަމްދޫން – މިހާރު ނޫސް
ސިޔާސީ ދާއިރާ، ފަޒީނާ އަޙުމަދު – މިހާރު ނޫސް
ޝަރުޢީ އަދި ޤާނޫނީ ދާއިރާ، ޝަފްނާ ހުސައިން – ދައުރު ނޫސް
ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާ، އަޙުމަދު ނާއިފް – ދައުރު ނޫސް
ކުޅިވަރުގެ ދާއިރާ، އައްޒާމް އަލިފުޅު – އަދަދު ނޫސް
ވިީޑިއޯ ޖަރނަލިޒަމް ދާއިރާ، އަޙުމަދު އަލީ – ވަގުތު ނޫސް
ފީޗަރ ލިއުމުގެ ދާއިރާ، ނަޖާހު މަސްޢޫދު – މިހާރު ނޫސް
ފޮޓޯގްރަފީ ދާއިރާ، ނިޝާން އަލީ – މިހާރު ނޫސް
ގްރެފިކްސްއާއި އިލަސްޓްރޭޝަން، އަބްދުﷲ ޝަފީޢު – އަދަދު ނޫސް