English Edition
Dhivehi Edition
ނަސްރުގެ ދުވަހުގެ ހާއްސަ ޖަލްސާގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދުނިޔޭގެ އެތައް ގައުމެއްގައި މިހާރުވެސް ޓެރަރިޒަމްގެ އަމަލުތައް ހިންގަމުން ދާއިރު، މިފަދަ އެއްވެސް ކަމެއް ރާއްޖެއަށް އަޔަ ނުދިނުމަށް އަސްކަރިއްޔާއިން ހުޝިޔާރުވެ ތިބުމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ގޮވާލައިފިއެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ކަޅުތުއްކަލާކޮށީގައި ބޭއްވި ޖަލްސާގައި ސިފައިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވީ ގައުމަށް އަތުވެދާނެ ނުރައްކާތަކުން ގައުމު ސަލާމަތް ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށާއި މިހާރުވެސް ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަމަށާއި އެކަން ހަނދާން ކުރަންޖެހޭކަމުގައެވެ. މީގެ އިތުރުން އާދަމް ޝަރީފް އުމަރު ވިދާޅުވީ ދިވެހި ގައުމަށް ހިޔާނާތްތެރިވެފައި ތިބި މީހުން ދިވެހިންގެ މިނިވަން ޖައްވަށް މިހާރުވެސް ނޭވާލަމުން ދާކަން ދަންނަން ޖެހޭ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ސިފައިން ކުރެއްވި ހިކުމަތްތެރި ޖިހާދުގެ ސަބަބުން ދިވެހިންނަށް މިނިވަންކަމުގެ ފޮނިމީރުކަން މިއަދު އިހްސާސް ކުރެވެމުންދާ ކަމަށާއި އެދުވަހު ސިފައިންވީ ގުރުބާނީ މިއަދު އެއްވެސް ގޮތަކަށް ވަޒަން ނުކުރެވޭނެ ކަމަށެވެ.