English Edition
Dhivehi Edition

މިއަދު ހެނދުނު އައްޑޫސިޓީ ލިންކުރޯޑުގައި ދުއްވާފައި ދިޔަ ކާރެއްގައި ރޯވި އަލިފާން ނިއްވާލާފައި ވަނިކޮށް 2 ވަނަ ފަހަރަށް އެ ކާރުގައި ރޯވެ ކާރު ވަރަށް ބޮޑަށް އަނދައިފިއެވެ. 2 ވަނަ ފަހަރަށް ކާރުގައި ރޯވީ އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމް ކައިރީގައި ހުރި ކާރުގެ ގޭގެ ވެރިފަރާތުގެ ގެއާ ދިމާއިން މަގުމަތީގައި ކާރު ބާއްވާފައި އޮއްވަ އެވެ. މިއަދު ހެނދުނު ލިންކުރޯޑުން ކުނިކޮށި ސަރަހައްދުގައި ކާރު ދުއްވާފައި ދަނިކޮށް ކާރުގައި އަލިފާން ރޯވެފައިވަނީ ކާރުގެ ޑޭޝްބޯޑުގައެވެ. މިހާދިސާގައި އަލިފާން ރޯވީ ކާޑުގެ ޑޭޝް ބޯޑްގައި ކަމަށް ވެއެވެ. ޑޭޝް ބޯޑް ވިރުން ފިޔަވައި ކާރަށް މާބޮޑު ގެއްލުމެއް މިހާދިސާގައި ނުލިބެއެވެ. ނަމަވެސް ދެވަނަ ފަހަރަށް ކާރުގައި އަލިފާން ރޯވެ ކާރުގެ ކުރީކޮޅުން ވަނީ ވަރަށް ބޮޑަށް އަނދާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.